ޔޫކްރޭންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބެއިޖިންގުން ހުށަހެޅި ހުށަހެޅުންތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވަން ރާވާފައިވާ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރަޝިޔާއިން ޔުކްރެއިން ހިފުމަށް އަރައިގަތުމަށް ހަމަލާދޭން ފެށިތާ އަހަރެއްވީ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުންނެވެ. ޒެލެންސްކީ ވިދާޅުވީ ޗައިނާގެ ހުށަހެޅުމަކީ ރަޝިޔާ އަދި ޔުކެރޭން، ދެގައުމުގެ ހަމަނުޖެހުން ނިމުމަކަށް ގެނައިސް ސުލްހަ ހޯދުމުގެ މަސައްކަތުގައި ޗައިނާ ބައިވެރިވާ ކަމުގެ އިޝާރާތެއްކަމަށެވެ.

އަދި ހުޅަނގުން ތުހުމަތު ކުރިނަމަވެސް ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްނުދޭނެ ގަބޫލުކުރައްވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

ރަޝިޔާއާއި ޔޫކްރޭނާއި ދެމެދު ސުލްހައިގެ މަޝްވަރާތައް ވީހާވެސް އަވަހަކަށް ބޭއްވުމަށް ގޮވާލާ ޗައިނާއިން އާންމު ކުރި ބަޔާނުގައި ޤައުމީ އިސްތިޤްލާލަށް އިޙްތިރާމް ކުރުމަށާއި، ނިއުކްލިއަރ ހަތިޔާރު ބޭނުން ނުކުރުމަށް ގޮވާލާފައިވެއެވެ.



ނަމަވެސް 12 ނުކުތާގެ މިލިޔުމުގައި ޔޫކްރޭނުގައި ތިބި ރަޝިޔާގެ ސިފައިން އަނބުރާ ގެންދަން ޖެހޭ ކަމަށް ފާހަގަކޮށްފައެއް ނުވެއެވެ. އަދި އެއްފަރާތައް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ހުއްޓުވުމަށްވެސް ގޮވާލައިފައިވެއެވެ. އެހެންކަމުން ހުޅަނގާއި، ޔޫކްރޭންގެ އެކުވެރި ގައުމުތަކުން ވަނީ ޗައިނާގެ މިބަޔާނަށް ފާޑުކިޔާފައެވެ.

ޔުކްރެއިނުން ޗައިނާގެ ސުލްހައިގެ ހުށަހެޅުންތަކަށް ތައުރީފުކޮށް ޗައިނާ އާއެކު މަޝްވަރާ ކުރަން ނިންމާފައިވާއިރު، ރަޝިޔާއިންވެސް ވަނީ ޗައިނާގެ ސުލްހައިގެ ހުށަހެޅުންތަކަށް ތައުރީފުކޮށްފައެވެ. އެގޮތުން ރަޝިޔާގެ ފޮރިން މިނިސްޓްރީން ވަނީ ބެއިޖިންގެ ވިސްނުމާ އެއްބަސްވާ ކަމަށް ބުނެ ތައުރީފުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން