އިންޑިއާގެ އަންހެނަކު އޭނާގެ ފިރިމީހާއާއި މައިދައިތަ މަރާލައި އެމީހުންގެ ހަށިގަނޑު ބުރިބުރިކޮށް އުކާލައިފިއެވެ.

މަސްދަރުތަކާ ހަވާލާދީ ނޫސް އެޖެންސީތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާސާމްގެ ގުވާހާޓީގެ އަންހެނަކު އޭނާގެ ފިރިމީހާއާއި މައިދައިތަ މަރާލައި އެމީހުންގެ ހަށިގަނޑު ބުރިބުރިކޮށް ހަށިގަނޑުގެ ބައިތައް ފުރަތަމަ ފްރީޒާއެއްގައި ރައްކާކުރީއެވެ. އެއަށްފަހު ފިރިމީހާ އާއި މައިދައިތަގެ ހަށިގަނޑުގެ ބައިތައް ކޯރަކަށް އުކާލި ކަމަށް ތުހުމަތު ކުރެއެވެ.

މިހާދިސާ ހިނގާފައިވަނީ މީގެ ހަތްމަސް ދުވަސް ކުރިންނެވެ. މިހާތަނަށް މިހާދިސާގެ ވާހަކަ އެކަކަށްވެސް ނޭނގި އޮއްވައި، މިމައްސަލަ ފެންމަތިވެގެންދިޔައީ، ފިރިމީހާ އާއި މައިދައިތަ މަރާލައި އެމީހުންގެ ހަށިގަނޑު ބުރިބުރިކޮށް އުކާލިކަމަށް މީގެ ދެދުވަހެއް ކުރިން އެއަންހެން މީހާ އެއްބަސްވުމުންނެވެ.

މިހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ބުނެފައިވެއެވެ.

މިއީ ފަހުގެ ތާރީހެއްގައި އަނިޔާވެރިގޮތަކަށް އިންޑިއާގައި މީހަކު މިގޮތަށް މަރާލިކަން މިފަދައިން ފެންމަތިވި ދެވަނަ ހާދިސާއެވެ. އެގޮތުން ހުސްވި އަހަރު އިންޑިއާގެ ފިރިހެނަކު ވަނީ އޭނާގެ ލޯބިވެރިޔާ އިހާނެތިގޮތަކަށް މަރާލުމަށްފަހު ހަށިގަނޑު ބުރި ބުރި ކޮށްލައި އެކި ސަރަހައްދުތަކަށް އުކާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

ތިމަންނަ

23-Feb-2023

ފްލައިޓެއް ޖައްވުގައި ދުއްވާފަ ދާއިރު އަެގެ ފިޔަގަޑު މަތީގައި ކުޅިޖަހާ ކުޅިހަމަ ކުރާ މިހުން އުޅޭ " އިންކްރެޑިބަލް " އިންޑިޔާ ގައި ތިޔައީ ހަމަ އައިދައިގެ ކަމެއް



ޓްރެންޑިން