ތުރުކީވިލާތަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ތުރުކީގެ ދެކުނުގެ ހަތޭ ޕްރޮވިންސަށެވެ. ބިންހެލުން އައިސްފައިވަނީ 6.4 މެގްނެޓިއުޑްގެ ބާރުމިނުގައި ކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެއެވެ.

ތުރުކީއާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް ބާރުގަދަ ދެ ބިންހެލުން އައިތާ މާގިނަ ދުވަހެއް ނުވަނީސް މިރޭ އައި ބިންހެލުމުގައި އެ ސަރަހައްދުގައި ބަލިކޮށް ހުރި ބައެއް އިމާރާތްތައް ވެއްޓިފައިވާ ކަމަށް ދަނީ ރިޕޯޓްތައް ލިބެމުންނެވެ.

މިސަރަހައްދަށް މީގެ 2 ހަފްތާ ކުރިން އައި 2 ބިންހެލުމުގެ ހާދިސާގައި ވަނީ 40،000 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. އަދި އެތައް ސަތޭކަ އިމާރާތެއް ވަނީ ބިމާ ހަމަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން