ރަޝިޔާގެ ތެޔޮ ބޭނުންކުރުން މަނާކުރި ނަމަވެސް ޔޫރަޕްގައި ޑީސަލްގެ އަގު ދަށަށްގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެސަރަހައްދަށް އެންމެ ގިނައިން ތެޔޮ ސަޕްލައި ކުރާ ކުންފުންޏާ ގުޅުން ކަނޑާލި ނަމަވެސް، ހޯމަ ދުވަހު އެސަރަހައްދުގެ ޑީސަލްގެ އަގު ވަނީ 1.6 އިންސައްތަ ދަށްވެފައެވެ.

މީގެއިތުރުން އެ ސަރަހައްދުގައި ތެލަށް އޮތް ޑިމާންޑް ދަށްވުމާއި، ރަޝިޔާގެ ތެޔޮ ގަތުން މަނާކުރުމުގެ ކުރިން ތެޔޮ ސްޓޮކް ކުރުމަށް ގައުމުތަކުން ކުރި މަސައްކަތުގެ ސަބަބުން، ފާއިތުވި ދެ ހަފްތާގެ ތެރޭގައި ތެލުގެ ވިޔަފާރީގައި 20 އިންސައްތައް ދަށްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.



އަގު ދަށްވުމުން ޑީސަލަށް ބަރޯސާވާ އެތައް މިލިއަން ޓްރަކް ދުއްވާ މީހުންނާއި ޑްރައިވަރުންނާއި ވިޔަފާރިތަކަށް އެތައް ލުއިފަސޭހައެއް ލިބޭނެއެވެ. ޔޫރަޕިއަން ޔޫނިއަންގައި ގާތްގަނޑަކަށް 96 އިންސައްތަ ޓްރަކާއި 91 އިންސައްތަ ވޭން އަދި 42 އިންސައްތަ ކާރު ދުއްވުމަށް ފިއުލް ބޭނުންވާކަމަށް ޔޫރަޕިއަން އޮޓޯމޮބައިލް މެނުފެކްޗަރސް އެސޯސިއޭޝަނުން ބުނެއެވެ.

ރަޝިޔާގެ ޑީސަލް މަނާކޮށްފައި ވަނީ ޔޫކްރޭނަށް އަރައިގަތުމުން ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ރަޝިޔާގެ ސާފުނުކުރާ ތެޔޮ ނުވަތަ ކްރޫޑް އޮއިލް އެތެރެކުރުމަށް ހުރަސްއެޅިތާ ދެ މަސް ފަހުންނެވެ.

ރިސްޓަޑް އެނާޖީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެ ސަރަހައްދުގެ ޖުމްލަ ޑީސަލް އިމްޕޯޓްގެ 29 އިންސައްތަ ހިއްސާކުރީ ރަޝިޔާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން