ލޯބީގެ ގޮތުން ގުޅުން ބަދަހި ކުރުމާމެދު އިންކާރުކޮށް، ދެކެނީ ރައްޓެއްސެއްގެ ގޮތުގައިކަމަށް ބުނުމާއެކު ސިންގަޕޫރު ފިރިހެނަކު އަންހެނަކާ ދެކޮޅަށް ދައުވާ ކުރަން ފަށައިފިއެވެ.

ކޭ ކޯޝިގަން ނަމަކަށް ކިޔާ މިފިރިހެން މީހާ ދައުވާ ކުރަނީ، އޭނާގެ އަގު ވެއްޓި، ނަފްސާނީގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އެގޮތުން އޭނާ ވަނީ 3 މިލިއަން ސިންގަޕޫރު ޑޮލަރަށް ވުރެ ގިނަ ފައިސާ، (1.87 މިލިއަން ޕައުންޑް) ހޯދުމަށް ކޯޓުގައި ދައުވާކޮށްފައެވެ.

އަންނަ ހަފްތާގައި ބާއްވާ ދައުވާގެ އަޑުއެހުމުގައި އެ އަންހެން މީހާގެ މައްޗަށް އަބުރުގެ ދައުވާގެ އިތުރުން އިހުމާލުވުމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ.

މީގެއިތުރުން މިދިޔަ އަހަރު މެޖިސްޓްރޭޓް ކޯޓަކަށް ކޯޝިގަން ހުށަހެޅި މައްސަލައެއްގައި އެދެމީހުންގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވެވުނު އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެމައްސަލަ ދާދި ފަހުން ވަނީ ކޯޓުން ބާތިލްކޮށްފަ އެވެ. ޖެނުއަރީ މަހު ނެރުނު ހުކުމުގައި އޭނާގެ ދައުވާތަކަކީ ބާރުގެ ބޭނުންކޮށް ދައުވާ ލިބޭ މީހާއަށް އުނދަގޫ ކުރުމުގެ ނުވަތަ އަނިޔާއެއް ދިނުމުގެ ނިޔަތުގައި ހުށައެޅި މައްސަލައެއްކަމަށް ބުނެފައިވެއެވެ.

ކޯޓުގެ ލިޔެކިޔުންތަކުގައިވާ ގޮތުން އެ އަންހެންމީހާ ކައުޝިގަންއާ އެންމެ ފުރަތަމަ ބައްދަލުވީ 2016 ވަނަ އަހަރުއެވެ. އެކުވެރިންގެ ގޮތުގައި ތިބި ދެމީހުންގެ މެދުގައި މައްސަލަތައް އުފެދެން ފެށީ 2020 ވަނަ އަހަރު އެދެމީހުންގެ ގުޅުން ސިފަކުރާގޮތާމެދު ހިޔާލު ތަފާތުވުމުންނެވެ.

އެގޮތުން "ދައުވާ ލިބޭ ފަރާތުން ދައުވާ ކުރި މީހާއަކީ ހަމައެކަނި ރަހުމަތްތެރިއެއްގެ ގޮތުގައި ބެލިއިރު، ދައުވާ ކުރި މީހާ ބެލީ ދައުވާ ލިބޭ ފަރާތަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށް،" މިމައްސަލަ އާއި ބެހޭ ކޯޓުގެ ލިޔެކިޔުންތަކުގައިވެއެވެ.

އެމައްސަލައިގެ ހުކުމުގައި ބުނެފައި ވަނީ ކައުޝިގަން އަކީ އޭނާގެ ހަމައެކަނި ރައްޓެއްސެއްގެ ގޮތުގައި ބަލާ ކަމަށް ބުނުމުން ގާނޫނީ ފިޔަވަޅު އެޅުމުގެ އިންޒާރު ދިނުމުން 18 މަސް ދުވަހު ކައުންސެލިންގް ސެޝަނެްްގައިވެސް އަންހެން މީހާ ބައިވެރިވެފައިވާކަމަށެވެ. އަދި މި ކަައުންސިލް ސެޝަން ތަކުންވެސް އަންހެން މީހާގެ ވިސްނުން ބަދަލުވެދާނެކަމަށް ދައުވަ ކުރި ފަރާތުން އުންމީދު ކުރިކަމަށް ކޯޓުގެ ލިޔެކިޔުންތަކުން ހާމަވެގެންދެއެވެ. ނަމަވެސް ކަން ހިނގީ އުއްމީދު ކުރި ގޮތާއި ހިލާފަށެވެ.

މީގެއިތުރުން ގިނައިން ބައްދަލުކުރުމާއި ގިނަ ގިނައިން ވާހަކަ ދެއްކުމަށް ތަކުރާރުކޮށް އެދުމާއި އިތުރު ޑިމާންޑްތަކާ ކުރިމަތިލާން ޖެހުމުން ދައުވާ ލިބޭ ފަރާތުން، 2022 ވަނަ އަހަރުގެ މެއި މަހު ދައުވާ ކުރި ފަރާތާ ހުރިހާ ގުޅުމެއް ކަނޑާލަން ނިންމި ކަމަށްވެސް ކޯޓުގެ ލިޔެކިޔުންތަކުން ހާމަވެގެންދެއެވެ.

ފުރަތަމަ ކުރި ދައުވާގެ މައްސަލަ ނިމުމަށްފަހުވެސް ފިރިހެން މީހާގެ އުނދަގުލާއި ހެދި އެ އަންހެންމީހާ ވަނީ ކޯޝިގަންއާ ދެކޮޅަށް މައްސަލަ ހުށައަޅާފައެވެ. ކޯޝިގަން އެއަންމީހާ އަތުން ތިން މިލިއަން ސިންގަޕޫރު ޑޮލަރު ހޯދުމަށް ދައުވާ ކުރީ އެއަށްފަހުއެވެ. މިދައުވާގެ އަޑުއެހުން ކުރިއަށް އޮތް ހަފްތާގައި ފަށާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން