16 އަހަރު ވަންދެން ފިލައިގެން އުޅުނު މާފިއާ މީހެއް ކައްކާއަަކަށް ހެދިގެން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.

63 އަހަރުގެ އެޑްގާޑޯ ގްރެކޯ ނަމަކަށް ކިޔާ މި މީހާ ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހު ފްރާންސުންނެވެ.

ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން މީނާއަކީ އިޓަލީގެ މާފިއާއަށް ނިސްބަތްވާ މީހުން މަރާ މީހެކެވެ. ނުވަތަ ހިޓްމޭންއެކެވެ. އަދި އޭނާއަށް ވަނީ 1991 ވަނަ އަހަރު ދެ މީހަކު މެރުމުގެ ކުށުގައި އުމުރު ދުވަހުގެ ހުކުމެއްވެސް އިއްވާފައެވެ. އަދި އިތުރު މީހެއްގެ މަރުގެ މައްސަލައިގައިވެސް އޭނާއަށް ތުހުމަތު ކުރެއެވެ.

އިންޓަރޕޯލް މެދުވެރިކޮށް ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވަނިީ ފްރާންސްގެ ދެކުނުގެ ސަރަހައްދެއްގައި ހުންނަ އިޓަލީގެ ރެސްޓޯރެންޓެއްގައި ޕިއްޒާ ޝެފަކަށް ހެދިގެން އުޅެނިކޮށެވެ.

އިންޓަރޕޯލުން ބުނާގޮތުން ހައްޔަރުކުރި ގްރެކޯގެ ކުށްތައް ގުޅިފައިވަނީ އިޓަލީގެ ދެކުނުގައި 1990ގެ ކުރީކޮޅު ހިންގި ގޭންގުތަކުގެ ތަޅާފޮޅުންތަކާއިކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން