ކީރިތި ޤުރުއާނުގެ ކޮޕީއެއް އަންދާލުން ހިމެނޭ ގޮތަށް އިސްލާމްދީނާ ދެކޮޅަށް ހުކުރު ދުވަހު ބޭއްވުމަށް ރޭވިފައި އޮތް މުޒާހަރާ ކުރިއަށް ގެންދިއުން ނޯވޭގެ ފުލުހުން މަނާކޮށްފި އެވެ.

ނޯވޭގެ ފުލުހުން މިގޮތަށް ނިންމާފައިވަނީ ތުރުކީގެ ފޮރިން މިނިސްޓްރީން ނޯވޭގެ ސަފީރު ހާޒިރުކުރިތާ ގަޑިއެއްހާއިރު ފަހުން ސަލާމަތީ ސަބަބުތަކާހުރެ ކަމަށްބުނެއެވެ. އަދި ފުލުހުން ވަނީ މިއަދު އޮސްލޯގައި ހުންނަ ތުރުކީގެ އެމްބަސީގެ ބޭރުގައި ބޭއްވުމަށް ރޭވިފައި އޮތް މުޒާހަރާގެ ބައިވެރިންގެ ގްރޫޕަކުން ޙަތިމެއް އަންދާލަން ރާވާފައިވާ ކަމަށް ވެސް ބުނެފައެވެ.

"ސިޔާސީ ޚިޔާލު ފާޅުކުރުމުގައި ނޯވޭގައި ޤުރުއާނުގެ ޙަތިމެއް އަންދާލުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫން. އެކަމަކު ސަލާމަތީ ސަބަބުތަކާ ހުރެ ކުރިއަށް ރޭވިފައި އޮތް މި އިވެންޓް ކުރިއަށް ނުގެންދެވޭނެ،" އޮސްލޯ ޕޮލިހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ މިއަދު އޮތް މުޒާހަރާގައި ޤުރުއާނުގެ ޙަތިމެއް އަންދާލުން ނިންމާފައިވާކަން އެނގިފައިވަނީ ޖާސޫސީ ޚަބަރުތަކުންނެވެ.

މިދިޔަ މަހު ނޯވޭގެ އަވަށްޓެރި ސްޓޮކްހޯމްގައިވެސް ވަނީ އިސްލާމް ދީނާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ޤުރުއާނުގެ ޚަތިމެއް އަންދާލާފައެވެ. މިހާދިސާ ހިނގާފައިވަނީ ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީ ކައިރީގައި ކުރި މުޒާހަރާއެއްގައެވެ. އަދި މިކަން ތުރުކީގެ އިތުރުން ބައިނަލް އަގުވާވީ ގޮތުން އެތައް ގައުމަކުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން