ތިން ރަށެއްގެ ބަނދަރާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި ގދ. ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުމާއި ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ހައުސިންގ މިނިސްޓްރީން ބުނީ 20 މިލިއަން ރުފިޔާއަށް ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 280 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ.

އޭގެއިތުރުން ގދ. ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފައިވަނީ 38.9 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަމައެއާއެކު ތ. ބުރުނީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ވަނީ ހަވާލުކޮށްފައެވެ. 58.6 މިލިއަން ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމުމަށްކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން