ޤައުމާ ރައްޔިތުންނަށް ފައިދާހުރި ކަންކަމަކީ އަމަލީ ގޮތުން ފެންނަ ކަންކަން ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީގެ ރައީސް އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު ތަރައްޤީއަކީ ރައްޔިތުންނަށް ލިބޭ ޢާމްދަނީ އިތުރުވުން ކަމަށާއި އެކަން ކުރެވޭނީ އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ހިންގާ އިޤްތިޞާދީ ޙަރަކާތްތައް ގިނަކޮށްގެން ކަމަށް އިއްޔެ އައްޑޫ ސިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެހެނިހެން ޕާޓީތަކުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށް ޕްރައިމަރީގައި ވާދަކުރަށްވާ ދެ ކެންޑިޑޭޓުންގެ ކެމްޕޭން ޓީމުތަކުން ތުހުމަތު ކުރަށްވަމުން ގެންދަވާ މި ދަނޑިވަޅުގައި އިމްރާން ވިދާޅުވީ ދައްކާ ވާހަކައަށްވުރެ ބޮޑަށް ރައްޔިތުން ބަލައިގަންނާނީ ފެންނަން ހުންނަ ޙަޤީޤަތްތައް ކަމަށެވެ.
އެގޮތުން ޤައުމާ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމަކީ އަމަލީ ގޮތުން ފެންނަ ކަންކަން ކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ.
އިމްރާން މިފަދައިން ވިދާޅުވިއިރު, އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އޭގެތެރެއިން އިމްރާންގެ ތާއީދު އަބަދުވެސް އޮންނަނީ ރައީސް ޞާލިޙަށެވެ.
އެހެންކަމުން މިއަދު ކުރެއްވި ޓްވީޓްގައި އެ އެދިވަޑައިގަންނަވަނީ ޕްރައިމަރީގައި ރައީސް ޞާލިޙަށް ވޯޓް ދިނުމަށްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

Qauma rayyithunnah faidhaa huri kan kamakee amalee gothun fenna kankameve.
— Imran Abdulla (@ShimranAb) January 23, 2023
Dhahkaa vaahakayah vure bodah balaigannanee fennan hunna hageegaiy thakeve.
އިމްރާން މިފަދައިން ވިދާޅުވިއިރު, އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އޭގެތެރެއިން އިމްރާންގެ ތާއީދު އަބަދުވެސް އޮންނަނީ ރައީސް ޞާލިޙަށެވެ.
އެހެންކަމުން މިއަދު ކުރެއްވި ޓްވީޓްގައި އެ އެދިވަޑައިގަންނަވަނީ ޕްރައިމަރީގައި ރައީސް ޞާލިޙަށް ވޯޓް ދިނުމަށްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު