އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އައްޑޫ ސިޓީގެ މެޖޯރިޓީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ނަންގަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ އެބަޔަކު ދައްކާނެ ވާހަކައެއް ދައްކަންވީ ކަމަށާއި ޕްރައިމަރީގައި އައްޑޫ ސިޓީގެ މެޖޯރިޓީ ރައީސް ސާލިޙު ނަންގަވާނެ ކަމަށެވެ. އައްޑޫ ރައްޔިތުން އެ ސިޓީގެ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓެން ބޭނުންނުވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ރައީސް ނަޝީދަކީ އައްޑޫ ސިޓީގެ ބިން ހިއްކުމާއި ދެކޮޅު ބޭފުޅެއް،" ޝަރީފް ވިދާޅުވިއެވެ.



މީގެ އިތުރުން ނަޝީދު ކެމްޕޭނަށް އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ކުރީގެ ބަންޑާރަ ނައިބް ޑރ. މުހައްމަދު މުނައްވަރާއި ދިޔާނާ ސައީދު ބައިވެރިވެވަޑައިގެންފައިވާތީ އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ، ރަނިންމޭޓް ކަމަށް އެ ދެބޭފުޅުން ދެކިވަޑަައިގަންނަވާ ހުވަފެން ހަގީގަތަކަށްވުރެ ވުމީ ނުވުން ކަމަށެވެ. ޝަރީފް އެ އިޝާރަތް ކުރެއްވީ ރައީސް ނަޝީދުގެ ރަނިންމޭޓަކަށް ނަންގަވާނީ އައްޑޫ ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި ވާހަަކަފުޅަށް އިޝާރާތް ކުރަށްވައެވެ.

"ރައީސް ނަޝީދު ކުރިން ވެސް އެ ދެބޭފުޅުންނަށް (ޑރ. މުނައްވަރާއި، ދިޔާނާ) އަށް "ދޯކާ" ދެއްވި، ދެން ވެސް އެހެންވުން ގާތީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެޕާޓީގެ ރައީސް، މުޙައްމަދު ނަޝީދު އިއްޔެ ހަވީރު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ލިބިވަޑައިގަތީ ފިނި ތަރުހީބެއްކަން ފާހަގަކުރެވެއެވެ. ނަޝީދަށް މަރުހަބާ ދަންނަވަން އައްޑޫ ސިޓީން ނިކުމެފައިވަނީ އެެސިޓީގެ އާބަދީއަށް ބަލާއިރު މަދު އަދަދެކެެވެ. އެ ސިޓީއަކީ މީގެ ކުރިން ރައީސް ނަޝީދުގެ ވަރަށް ބޮޑު ތާއިދެއް އޮންނަ ދާއިރާއެެކެވެ. އައްޑުއަކީ އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ އަތޮޅަކަށްވާއިރު އެޕާޓީގެ ޕްރައިމަރީގައި އެންމެ ގިނަ ބަޔަކު ވޯޓްލަނީ ވެސް އައްޑޫ ސިޓީންނެެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭން ނިންމާލުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވެސް އައްޑޫ ސިޓީގައެވެ. މި ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ހިތަދޫ ސްޓޭޖް ސަރަހައްދުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން