ކްރިސްޓިއާނޯ ރޮނާލްޑޯ ހިތްވަރުގެ މެސެޖެއް
ކްރިސްޓިއާނޯ ރޮނާލްޑޯ ހިތްވަރުގެ މެސެޖެއް
ވެނެޒުއޭލާއަށް މިދިޔަ މަހުގެ އައި ބާރުގަދަ ބިންހެލުންތަކުގައި އަނިޔާވި ކުޑަ ފިރިހެން ކުއްޖަކަށް، ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިތްވަރުގެ މެސެޖެއް ދީފިއެވެ.

7.2 އަދި 7.5 މެގްނިޓިއުޑްގެ މި ބިންހެލުންތަކުގެ ސަބަބުން 2،295 މީހުން މަރުވެ، އެތައް ހާސް ބަޔަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، އެންޑްރެސް މިލެސް ކިޔާ މި ކުއްޖާ އަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބި ފައި ބުރިކޮށްލަން ޖެހިފައެވެ.





ރޮނާލްޑޯގެ ބޮޑު ސަޕޯޓަރެއް ކަމުގައިވާ އެންޑްރެސްގެ ހާލަތު ސޯޝަލް މީޑިއާ މެދުވެރިކޮށް އެނގުމުން، ރޮނާލްޑޯ ވަނީ އެ ކުއްޖާއަށް ހާއްސަ ވީޑިއޯ މެސެޖެއް ފޮނުވާފައެވެ. އެ މެސެޖުގައި އޭނާގެ ފުރިހަމަ ތާއީދާއި ހިތްވަރު އެ ކުއްޖާއަށް އަރުވައި، އެންޑްރެސްގެ ހާލު ރަނގަޅުވުމުން އޭނާ ކުޅޭ މެޗެއް ބަލާލުމަށް ދައުވަތު ދީފައެވެ. ރޮނާލްޑޯ ބުނީ އެންޑްރެސްއާ ބައްދަލުކޮށްލަން އޭނާ ވަރަށް ބޭނުންވާ ކަމަށެވެ.

މި ހާއްސަ މެސެޖުގެ އިތުރުން، ސޮއިކޮށްފައިވާ ޕޯޗުގަލްގެ ޖާޒީއެއްވެސް އެންޑްރެސްއަށް ހަދިޔާކުރަން ރޮނާލްޑޯ ވަނީ ނިންމާފައެވެ. ރޮނާލްޑޯގެ މި އޯގާތެރިކަމުގެ ސަބަބުން އެ ކުއްޖާ އުފަލުން ރޮއެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު