މިހާރުގެ ސަރުކާރު އައި ފަހުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ހިންގާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) ތުހުމަތު ކުރައްވައިފިއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގައި ކަސްޓަމްސް މެދުވެރިކޮށް އެތައް ކޮންޓެއިނަރުތަކެއް ގަވާއިދާ ޚިލާފަށް ބޭރުވެފައިވާ ކަމަށާއި، މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ މިންވަރަށް ކަސްޓަމްސްގެ ތެރޭގައި ވައްކަން ހިނގަމުންދާ ކަމަށެވެ. މިފަދަ މައްސަލަތަކުގައި މަދު ހާލަތެއްގައި އަތުލައިގަނެވޭ ކޮންޓެއިނަރުތަކުގެ މައްސަލަތައް ވެސް އެކަށީގެންވާ ގޮތެއްގައި ތަހުގީގުކުރެވި، ފިޔަވަޅު އެޅިފައި ނުވާކަން ގަފޫރު ފާހަގަކުރެއްވިއެވެ.
އެގޮތުން، 40 ފޫޓުގެ ދެ ކޮންޓެއިނަރެއް އަތުލައިގަތް މައްސަލައާއި، ސިނގިރޭޓް ވަގަށް އެތެރެކުރި މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ، މިއީ ސަރުކާރުގެ ބައިވެރިވުމާއެކު ހިންގާ ބޮޑެތި ޖަރީމާތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، ކަސްޓަމްސްއަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީން ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ އުނިވެފައިވާކަން ގަފޫރު ފާހަގަކުރެއްވިއެވެ. ރާއްޖެއަށް އާބާދީއާ އެއްވަރަށް ސިނގިރޭޓް އެތެރެކުރަމުން ދިޔަ ނަމަވެސް، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބޭތީ އެ ފައިސާ ދިޔަ ގޮތެއް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކަސްޓަމްސްގެ މަސައްކަތްތައް ރަނގަޅަށް މޮނިޓަރ ކުރުމުގެ ގާބިލުކަން އެ މުއައްސަސާގައި ނެތް ކަމަށް ވެސް ގަފޫރު ވިދާޅުވިއެވެ.
ސަރުކާރުން ވޭޕް މަނާކުރި ނަމަވެސް، އެތަކެތި ވެސް ވަގަށް އެތެރެކުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ވަގު މާކެޓެއް އުފެދި ދައުލަތުގެ ނިޒާމުން ބޭރުން ބަޔަކަށް ބޮޑު ފައިދާއެއް ލިބެމުންދާ ކަމަށް ގަފޫރު ވިދާޅުވިއެވެ. މިފަދަ ކޮންޓެއިނަރުތައް ކަސްޓަމްސްއިން އަތުލައިގަނެވޭ މިންވަރު ވަރަށް މަދުކަން ފާހަގަކުރައްވައި، އޭނާ ވަނީ މިކަންކަން ހުއްޓުވުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާކަމަށް ތުހުމަތު ކުރައްވާފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު