މިވަގުތު ޕެސިފިކް ކަނޑުގައި އުފެދިފައިވާ 'ސުޕަރ ޓައިފޫން ބާވީ' އެމެރިކާގެ ސަރަހައްދުތަކެއް ކަމަށްވާ ގުއާމް އާއި ނޮދަން މަރިއާނާ އައިލެންޑްސްއާ ދިމާލަށް ދަތުރުކުރަމުންދާތީ، އެ ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.
ގަޑިއަކު 269 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުންދާ މި ބާރުގަދަ ތޫފާނު، ކެޓަގަރީ 5 ގެ ތޫފާނަކަށް ވާނެ ކަމަށް ލަފާކުރެވޭއިރު، މިއީ މިއަހަރުގެ އޭޕްރީލް މަހަށްފަހު އެ ސަރަހައްދަށް ކުރިމަތިވާ ދެވަނަ ސުޕަރ ޓައިފޫންއެވެ.
މިއަންނަ ހޯމަ ދުވަހު މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، ވައިގެ ބާރުމިން 278 ކިލޯމީޓަރަށް އިތުރުވެދާނެ ކަމަށް ޖޮއިންޓް ޓައިފޫން ވޯނިން ސެންޓަރުން ވަނީ އިންޒާރު ދީފައެވެ.
ތޫފާނާ ދެކޮޅަށް ތައްޔާރުވުމުގެ ގޮތުން، ގުއާމް އާއި ނޮދަން މަރިއާނާގައި ތިބި ގާތްގަނޑަކަށް 200،000 އެއްހާ ރައްޔިތުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. މިގޮތުން ކާބޯތަކެއްޗާއި، ފެނާއި، ބޭނުންވާ ޒަރޫރީ ތަކެތި ރައްކާކުރުމުގެ މަސައްކަތް ރައްޔިތުން ކުރަމުންދާއިރު، އެމެރިކާގެ މިނިވަން ދުވަހުގެ އުފާފާޅުކުރުންތައް ވެސް ވަނީ މި ތޫފާނާ ގުޅިގެން ހުއްޓާލައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދީފައެވެ.
ސަރުކާރުން ވަނީ ހާލުގައި ޖެހޭ މީހުންނަށް އަމާޒުކޮށް ހިމާޔަތް ހޯދާނެ ތަންތަން ތައްޔާރުކޮށް، ގިނަ ދުވަސްތަކަކަށް ބޭނުންވާނެ ސާމާނު ހިފައިގެން އެތަންތަނަށް ދިއުމަށް އިރުޝާދު ދީފައެވެ. މި ސަރަހައްދުގެ ރައްޔިތުން މިހާރުވެސް ތިބީ މީގެ ކުރިން ކުރިމަތިވި ތޫފާންތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިނުގަނެވިފައެވެ.
ޚާއްސަކޮށް އޭޕްރީލް މަހު އެރި 'ސިންލަކޫ' ތޫފާނުގެ ސަބަބުން ގިނަ ބައެއްގެ ގެދޮރާއި ކަރަންޓުގެ ޚިދުމަތްތައް ކެނޑި، އަދިވެސް އިއާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިފައިވާތީ، މި އާ ތޫފާނާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ވަނީ ބޮޑުވެފައެވެ.
ދުނިޔޭގެ ކަނޑުގެ ފިނިހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ދިއުމާއި، 'އެލް ނީނޯ' ފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން މިފަދަ ބާރުގަދަ ތޫފާންތައް އުފެދުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ފާހަގަކުރެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު