ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ދައުލަތް ލޫޓުވުމަށް ފެންބޮވައިގަނެގެން އުޅޭތީ، ދިވެހި ރައްޔިތުން މިއަދު ތިބީ އިންތިހާ ދަތި ހާލުގައި ކަމަށާއި، އެކަމަށް ބާރުލިބޭ އެތައް ހެކިތަކެއް އެބަހުރި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒާއި އެމަނިކުފާނުގެ އާއިލާއިން ދައުލަތް ލޫޓުވަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ބާރުލިބޭ އެތައް ހެކިތަކެއް މިހާރުވެސް ފެންނަން އެބަހުއްޓެވެ.
ރައްޔިތުން މިއަދު އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އުފުލަމުންދާ ބޮޑެތި ތަކުލީފުތަކުގެ އަސްލަކީ ވެރިކަމުގެ ނުފޫޒުގައި ހިންގާ މިފަދަ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ޖަމީލް ސިފަކުރެއްވިއެވެ.
ޖަމީލްގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒުގެ މައްޗަށް މިހާރު ފުލުފުލުގައި ކުރެވެމުންދާ އެންމެ ބޮޑު ތުހުމަތަކީ ކޮރަޕްޝަނާއި ރިޝްވަތު ހިފުމުގެ ތުހުމަތެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ޖަމީލް ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް (މޮސްޓާ) ދާދި ފަހުން ދެއްކެވި ވާހަކަތަކަށްވެސް ބާރުދެއްވާފައެވެ. ޖަމީލް ވިދާޅުވީ މޮސްޓާގެ ވާހަކަތަކުން އެނގިގެންދަނީ ރައީސްގެ މުޅި އާއިލާ އުޅެނީ ހަރާމް ގޮތުގައި މުދަލާއި ފައިސާ ހޯދުމުގެ ތެރޭގައި ކަމެވެ.
"ރައްޔިތުން މިހާ ޙާލުގައި މިޖެހުނީ މުއިއްޒާ އާއިލާގެ ފަރާތުން ދައުލަތް ލޫޓުވުމުގައި ފެންބޮވައިގެން އުޅޭތީކަމަށް ކުރެވޭ ތުހުމަތަށް ބާރު ލިބޭ އެތަކެއް ހެކިތަކެއް އެބަހުރި،" ޖަމީލްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

މުއިއްޒުގެ މައްޗަށް ފުލުފުލުގައި ކުރެވޭ އެންމެ ބޮޑު ތުހުމަތަކީ ކޮރަޕްޝަނާ ރިޝްވަތުގެ ތުހުމަތު.
— Mohamed Jameel Ahmed (@MJameelAhmed) July 4, 2026
ކުރީގެ މެމްބަރު މޮސްޓާ ކުރީރޭ ދެއްކެވި ވާހަކަތަކުގައި ކުރެއްވި ތުހުމަތުން މުޅި އާއިލާ އުޅެނީ ހަރާމް އެއްޗެހި ހޯދުމުގައި ކަން ތުހުމަތުކުރެވޭ.
ރައްޔިތުން މިހާ ޙާލުގައި މިޖެހުނީ މުއިއްޒާ… pic.twitter.com/m14BBg57mz
މި މޭރުމުން ވާހަކަ ދައްކަވަމުން ޖަމީލް ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް (މޮސްޓާ) ދާދި ފަހުން ދެއްކެވި ވާހަކަތަކަށްވެސް ބާރުދެއްވާފައެވެ. ޖަމީލް ވިދާޅުވީ މޮސްޓާގެ ވާހަކަތަކުން އެނގިގެންދަނީ ރައީސްގެ މުޅި އާއިލާ އުޅެނީ ހަރާމް ގޮތުގައި މުދަލާއި ފައިސާ ހޯދުމުގެ ތެރޭގައި ކަމެވެ.
"ރައްޔިތުން މިހާ ޙާލުގައި މިޖެހުނީ މުއިއްޒާ އާއިލާގެ ފަރާތުން ދައުލަތް ލޫޓުވުމުގައި ފެންބޮވައިގެން އުޅޭތީކަމަށް ކުރެވޭ ތުހުމަތަށް ބާރު ލިބޭ އެތަކެއް ހެކިތަކެއް އެބަހުރި،" ޖަމީލްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު