ރައްޔިތުންގެ މަޖިލީހުގައި އެކަމަނާ ތަމްސީލު ކުރަށްވާ ތުޅާދޫ ދާއިރާއަށް އިއްޔެ ވަޑައިގަތުމުން އިޙްތިޖާޖު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ 10 ވަރަކަށް މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ހުސައިން ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ކެމްޕެއިން ކުރެއްވުމަށް ހިސާން އިއްޔެ ތުޅާދުއަށް ވަޑައިގެންނެވުމުން ބަޔަކުމީހުން އެކަމަނާ ފަހަތުން މުޒާހަރާކޮށް، އަޑުގަދަކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތައް ސޯޝަލް މީޑީއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

އެކަމާ ގުޅިގެން ހިސާން މިއަދު ވިދާޅުވީ އެކަމަނާ މިވަގުތުވެސް ހުންނެވީ ތުޅާދޫގައި ކަމަށެވެ. އަދި އެކަމަނާ ފަހަތުން އިޙްތިޖާޖް ކުރަމުން ހިނގާފައިވަނީ އިދިކޮޅު ޕީޕީއެމްގެ 10 ވަރަކަށް މީހުން ކަމަށް ޙިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އެތަނުގައި އެމްޑީޕީ ކުއްޖަކު ނެތް ކަމަށާއި ނަމަވެސް އެއްވި މީހުންގެ ޝަކުވާ އަކަށްވީ ޕްރައިމަރީގައި އެކަމަނާ ރައީސް ނަޝީދަށް ތާޢީދު ނުކުރެއްވުން ކަމަށެވެ. އެހެންކަމުން އެކަމާމެދު އެމްޑީޕީ މެންބަރުން ވިސްނެވުމަށް ޙިސާން ވަނީ އެދިވަޑައިގެންފައެވެ.



ޙިސާން މީގެ ކުރިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އޭނާ ތާއީދު ކުރައްވަން ނިންމެވީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ވެރިކަން ކުރެވޭނެކަން އެމަނިކުފާނު ސާބިތުކޮށް ދެއްވާފައިވާތީ ކަމަށެވެ. އޭގެ އިތުރުން އިންތިހާބެއްގައި އަބަދުވެސް ވިސްނަން ޖެހޭނީ ގައުމީ މަސްލަހަތަށް ކަމަށްވެސް ޙިސާން ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން