ރަޝިޔާގެ ރައީސް، ވްލަޑިމީރ ޕޫޓިން އަދި ޗައިނާގެ ރައީޒް ޝީ ޖިންޕިން. (ވ-ކ)
ރަޝިޔާގެ ރައީސް، ވްލަޑިމީރ ޕޫޓިން އަދި ޗައިނާގެ ރައީޒް ޝީ ޖިންޕިން. (ވ-ކ)
ޔޫކްރޭން ހިފުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތް ނާކާމިޔާބު ވުމަކީ އެކަށީގެންވާ ކަމެއްކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ އޮފިޝަލުންގެ މިފަދަ ބަސްތަކެއް މީޑިއާ ތަކުގައި ދައުރުވަމުންދަނީ ރަޝިޔާގެ ރައީސް، ވްލަޑިމީރ ޕޫޓިން އާއި ޗައިނާގެ ރައީޒް ޝީ ޖިންޕިންއާ ދެމެދު، ދެގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ވައުދުވިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

އެގޮތުން ރަޝިޔާއާއި ދެކޮޅަށް ޗައިނާގެ ގިނަ އަދަދެއްގެ އޮފިޝަލުން ފައިނޭންޝަލް ޓައިމްސް ނޫހާ ވާހަކަދައްކަމުން ވަނީ ޔޫކްރޭން މައްސަލައިގައި "ޗައިނާ އިން ހަމައެކަނި ރަޝިޔާގެ ފަހަތުން ދާން ނުޖެހޭނެ" ކަމަށް ބުނެފައެވެ. މިމޭރުމުން ވާހަކަ ދެއްކެވި ޗައިނާގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ޔުކްރެއިނަށް "އަރައިގަތުމުގެ ނިންމުން ނިންމީ ވަރަށް މަދު ބަޔަކު" ވެގެން ކަމަށެވެ. އަދި ޗައިނާއިން ދެކޭގޮތުގައި "ޔޫކްރޭންއާއި ދެކޮޅަށް ރަޝިޔާ ކުރިހޯދުމަށް ނާކާމިޔާބުވެ، ހަމަނުޖެހުންތަކުގެ ތެރެއިން ބާރު ކުޑަވެދާނެ ކަމުގެ ފުރުސަތު ބޮޑު" ކަމަށެވެ.

މީގެއިތުރުން ހުޅަނގުން ވަނީ ޝީ ޖިންޕިންގް މަސައްކަތް ކުރައްވަނީ ޗައިނާ އާއި ރަޝިޔާއާ ދުރުކުރަންކަމަށް ބުނެފައެވެ. ފައިނޭންޝިއަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުން ޔޫރަޕްގައި ގިނަ ބަޔަކުވެސް އުންމީދު ކުރަނީ ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން ހުއްޓުވުމަށް ޗައިނާއިން އިސްދައުރެއް އަދާކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން