ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ދެ މީހުންގެ ތެރޭގައި ހިމެނޭ ގދ. ތިނަދޫ މަނާރު، ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމްގެ ބަންދަށް 60 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.

ގެއްލިގެން އުޅުނު ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށް، ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމް ފެނިފައިވަނީ ގެސްޓް ހައުސްއަކުންކަމަށް ފުލުހުންވަނީ ބުނެފައެވެ.

މަރުގެ މައްސަލައެއްގައި އޭނާ ހައްޔަރުކޮށް އޭނާގެ މުއްދަތު މަޖިލީސް މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައެވެ. ފުލުހުން ބުނީ ކޯޓުން އޭނާގެ ބަންދަށް ދިނީ 60 ދުވަސް ކަމަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ވިލިމާލެއިން ފުރި ތެޔޮ ބޯޓެއްގައި ދިޔަ ދެ މީހުން ގެއްލިގެންކަމަށް ބުނެ ފުލުހުންނަށް ޢާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. ހަމަ އެދުވަހު އެއަރޕޯޓު ނެރުކައިރިން އޮޔާދަނިކޮށް އެ ތެޔޮ ބޯޓު ފެނިފައިވާކަމަށް ފުލުހުންނަށް ވަނީ ޖެނުއަރީ 2 ވަނަ ދުވަހު މަޢުލޫމާތު ލިބިފައެވެ.



މަރުގެ މައްސަލައެއްގައި ނިޒާމް ހައްޔަރުކުރިއިރު، އޭނާއާއެކު ގެއްލުނުކަމަށް ބުނާ ބަންގްލަދޭޝް މީހާ އަދިވެސް ނުފެނެއެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ވ. ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް އިއްޔެ ވަނީ ފެނިފައެވެ. ނަމަވެސް އެ ހަށިގަނޑާބެހޭ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން