އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގ އުން.
އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގ އުން.
އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު އިތުރުކުރަން މަސައްކަތް ކުރަން، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގ އުން ގޮވާލައްވައިފިއެވެ.

ވެރިކަންކުރާ ޕާޓީގެ ބައްދަލުވުމެއްގައި ކިމް ވިދާޅުވީ ދެކުނު ކޮރެއާ އާއި އެމެރިކާ ފަދަ ގައުމުތަކުގެ އިންޒާރުތަކުން ގައުމީ މަސްލަހަތު ދިފާއު ކުރުމަށް ވަރަށް ބޮޑު އަސްކަރީ ބާރެއް ބޭނުންވާ ކަމަށެވެ. އެގޮތުން ނިއުކްލިއަރ ހަތިޔާރު އިތުރުކުރުން މުހިންމުކަމަށް ކިމް ފާހަގަކުރެއްވިއެވެ.

ކޮރެއާގެ ރަސްމީ ސެންޓްރަލް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާގޮތުން، އެބައްދަލުވުމުގައި "މިހާރު އޮތް ހާލަތުން އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ދެގުނަ މަސައްކަތް ކުރަން ޖެހޭކަމަށާއި، އެމެރިކާ އާއި އެހެން ޢަދާވާތްތެރި ބާރުތަކުގެ ކަންބޮޑުވާންޖެހޭ އަސްކަރީ ފިޔަވަޅުތަކަށް ރައްދުދިނުމަށް ތައްޔާރުވުން މުހިންމު" ކަމަށް ކިމް ވިދާޅުވިއެވެ.

ކިމްގެ ވާހަކައިގައި ދެކުނު ކޮރެއާ ސިފަކުރެއްވީ ދުޝްމަނެއްގެ ގޮތުގައެވެ. އަދި ދެކުނު ކޮރެއާއަކީ ނުރައްކާތެރި ހަތިޔާރު ބިނާކުރުމަށް ދެވިހިފާފައިވާ ގައުމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.



އެހެންކަމުން "ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ގިނަ އަދަދަކަށް އުފެއްދުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމަށާއި ގައުމުގެ (އުތުރުކޮރެއާގެ) ނިއުކްލިއާ ހަތިޔާރު ވަރަށް ބޮޑަށް އިތުރު ކުރުމަށް މުހިންމު،" ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

"އަހަރުމެން މިވަނީ ދޭ ކޮންމެ ނިއުކްލިއާ ހަމަލާ އަދި އިންޒާރަކަސްވެސް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށް ރައްދުދޭނެކަން އިއުލާންކޮށްފައި."

މީގެ އިތުރުން، އާ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތައް އުފެއްދުމަށާއި، އެގައުމުގެ ފުރަތަމަ އަސްކަރީ ސެޓެލައިޓް ވީ އެންމެ އަވަހަކަށް ލޯންޗުކުރަން ކިމް ގޮވާލެއްވިއެވެ. މިފަދައިން ކިމް ގޮވާލައްވާފައިވަނީ އާ އަހަރުގެ ފުރަތަމަ ދުވަހުގެ ވަގުތެއްގައި އުތުރު ކޮރެއާ ޕެނިންސުލާގެ އިރުމަތީގައި އޮންނަ ކަނޑުގެ މަތިން ބެލިސްޓިކް މިސައިލެއް ފޮނުވާލިތާ ގަޑިއެއްހާއިރު ފަހުންނެވެ.

ހޮނިހިރު ދުވަހު ވެސް އުތުރު ކޮރެއާއިން ވަނީ ތިން ބެލިސްޓިކް މިސައިލް ފޮނުވާލާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން