އާއަހަރާއި ދިމާކޮށް ހަމަލާދިން ސަރަހައްދެއް
އާއަހަރާއި ދިމާކޮށް ހަމަލާދިން ސަރަހައްދެއް
ކޮންމެ ގައުމެއްގައިވެސް އާއަހަރު ފެށިގެން ދިޔައީ ލަވަ އާއި މިއުޒިކާއި، ބަޑިބޭހުގެ ކުޅިވަރުތަކުންނެވެ. ނަމަވެސް ޔުކްރެއިނުގައި އާ އަހަރުގެ ފުރަތަމަ ދެތިން ގަޑިއިރު ހޭދަކުރީ ވައިގެ ހަމަލާތަކުގެ ސައިރެންތަކާއި، ބޮމާއި މިސެއިލް ހަމަލާ ތަކުގެ އަޑުންނެވެ.

ރަޝިޔާއާއި ޔޫކްރޭނާ ދެމެދު ކުރިއަށްދާ މި ހަމަނުޖެހުމަކީ އަންނަ ފެބްރުއަރީ މަހަށް އަހަރެއްވާނެ ހަނގުރާމަ އެކެވެ. އަދި މިއީ ޔޫރަޕުގެ ފަހުގެ ތާރީހެއްގައި ކުރިއަށްދާ އެންމެ ބޮޑު ހަމަނުޖެހުންވެސްމެއެވެ.



އެގޮތުން އާއަހަރާއި ދިމާކޮށް ދިން ހަމަލާތައް ދީފައިވަނީ ރަޝިޔާ އަދި ޔޫކްރޭނާ ދެމެދު ކުރިއަށްދާ މި ހަނގުރާމައިގައި ކާމިޔާބީއަށް އެދި، ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ، އައު އަހަރުގެ ތަހުނިޔާ މެސެޖެއް ފޮނުއްވިތާ މާގިނައިރެއް ނުވަނީހެވެ. ރޭގެ މި ހަމަލާތަކުގައި އެތައް އިރަކު ބޮމުގެ ހަމަލާތަކުގެ އަޑު އިވެމުން ދިޔަކަމަށް މަންޒަރު ދުށް މީހުން ރިޕޯޓްކޮށްފައިވެ އެވެ.

ނަމަވެސް ކިއެވް ސިޓީ އަދި ސަރަހައްދުގެ އޮފިޝަލުން ހާމަކޮށްފައިވާގޮތުން ރަޝިޔާއިން ދެމުންދާ ވައިގެ ހަމަލާތައް ބްލޮކް ކުރަން ޔުކްރެއިނުގައި ގާއިމުކޮށްފައިވާ ވައިގެ ދިފާއީ ނިޒާމުތައް ބަރާބަރަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔުކްރެއިނުގެ ވެރިރަށް ކިއެވް ސިޓީގެ އަސްކަރީ އިދާރާއިން ބުނީ މިހާތަނަށް ރަޝިޔާއިން ފޮނުވާލި 23 އަށްވުރެއްގިނަ ވައިގެ ހަމަލާ، މިސިސްޓަމް މެދުވެރިކޮށް ދިފާއުކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން