މެލޭޝިޔާއަށް އެތެރެވާ ހުރިހާ ދަތުރުވެރިން ކޮވިޑް ސްކްރީން ކުރަން ނިންމައިފިއެވެ.

މެލޭޝިޔާއިން މިފަދަ ނިންމުމެއް ނިންމާފައިވަނީ ޒީރޯ ކޯވިޑްގެ ހަރުކަށި ސިޔާސަތުތައް އުވާލަން ޗައިނާއިން ނިންމުމާ ގުޅިގެންނެވެ. އެގޮތުން ޗައިނާއިން އެގައުމަށް ދަތުރުކުރާ ހުރިހާ ފްލައިޓްތަކެއްގެ ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރެވޭނެކަމަށް މެލޭޝިއާއިން ވަނީ ހާމަކޮށްފައެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓަރު ޒާލިހާ މުސްތަފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާގޮތުން ރައްކާތެރިފިޔަވަޅު އަޅާފައިވަނީ މެލޭޝިއާއަށް ކޮރޯނާ ވައިރަހުގެ ކޭސްތައް އެތެރެވާނެކަމުގެ ނުރައްކާ ކުރިމަތިވެފައިވާތީއެވެ. ޒާލިހާ ވިދާޅުވީ މެލޭޝިޔާއިން ޗައިނާއިން އަންނަ ދަތުރުވެރިން ހިމެނޭ ގޮތަށް ހުރިހާ ދަތުރުވެރިންގެ ހަށިގަނޑުގެ ފިނިހޫނުމިން ސްކްރީން ކުރާނެ ކަމަށާއި ހުމުގެ ނުވަތަ އެނޫންވެސް އަލާމާތްތަކެއް ހުރިކަން ފާހަގަކުރެވޭ މީހުން ކޯވިޑް-19 އަށް ޓެސްޓު ކުރާނެ ކަމަށެވެ.

މީގެއިތުރުން ޗައިނާއިން އަންނަ މަތިންދާބޯޓުތަކުގައި ހުންނަ ކުނިފެނުގެ ސާމްޕަލް ނަގައި ޓެސްޓްތައް ހަދާނެ ކަމަށް ވެސް މިނިސްޓަރ އިތުރަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް މިގަވާއިދުތައް ތަންފީޒުކުރަން ފަށާނެ ވަކި ތާރީޙެއް ސާފުނުވާކަން މީޑިއާ ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން