ޗައިނާގެ ކޯވިޑްގެ ހާލަތާ ބެހޭ މައުލޫމާތު ހާމަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ޗައިނާއަށް ގޮވާލައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިފަދައިން އަންގާފައިވަނީ ހަރުކަށި ޒީރޯ ކޯވިޑް ޕޮލިސީތައް އުވާލުމުން މުޅި ޗައިނާގައި ކޮވިޑް އިންފެކްޝަންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މިއީ ސިއްހަތު ޖަމިއްޔާއިން މިފަދަ އެންގުމެއް ޗައިނާއަށް އެންގި ދެވަނަ ފަހަރެވެ.

ސިއްހަތު ޖަމިއްޔާއިން ކަންބޮޑުލވަނީ ޗައިނާގައި ކޮވިޑް ކޭސްތައްް ކުއްލިއަކަށް ގިނަވެގެން ދިޔަނަމަވެސް، ކޭސްތަކާއި ބެހޭ ސައްހަ މައުލޫމާތު ހާމަނުކުރާތީއެވެ. އެގޮތުން ޑަބްލިޔުއެޗްއޯގެ ކޯވިޑްގެ ތަޖުރިބާކާރުން ހުކުރު ދުވަހު ޗައިނާގެ އޮފިޝަލުންނާ ބައްދަލުކުރައްވައި ހާލަތާއި ބެހޭގޮތުން ސައްޙަ ރިސްކް އެސެސްމަންޓްތައް އެކުލަވާލުމަށާއި، މައުލޫމާތު ދިނުމަށް ހާމަކަން ބޮޑުކަމާއި ގަވާއިދުން ޑޭޓާ ހިއްސާކުރުމުގެ މުހިންމުކަމަށް އަނެއްކާވެސް އަންގާފައިވާނެކަމަށް ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ވިދާޅުވެފައިވެއެވެ.

ހާއްސަކޮށް، މިހާރު ފެތުރެމުންދާ ވައިރަހުގެ ޖެނެޓިކް ސިކުއެންސިންގ ޑޭޓާއާއި، ހޮސްޕިޓަލުގައި ފަރުވާ ހޯދާ މީހުންގެ އަދަދާއި، އިންޓެންސިވް ކެއާ ޔުނިޓްގައި އެޑްމިޓްކުރަމުންދާ މީހުންގެ އަދަދާއި، ބަލީގައި މަރުވާ މީހުންގެ މައުލޫމާތާއި، ޗައިނާގައި ކޮވިޑުން ދިފާއުވުމަށްވެކްސިން ދިނުމުގެ މައުލޫމާތު ހާމަކުރުމަށް ޗައިނާއަށް އަންގާފައިވާނެކަމަށް އެޖަމިއްޔާއިން ހާމަކޮށްފައިވެއެވެ. ޑަބްލިޔުއެޗްއޯ އިން ވަނީ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު ބާއްވާނެ ހާއްސަ ބައްދަލުވުމެއްގައި ވައިރަލް ސިކުއެންސިންއާ ބެހޭ ތަފްސީލީ މައުލޫމާތު ހުށަހެޅުމަށްވެސް ޗައިނާގެ ސައިންސްވެރިންނަށް އަންގާފައެވެ.



ޗައިނާގެ ރައީސް، ޝީ ޖިންޕިންގެ ކޯވިޑް ޒީރޯ ސްޓްރެޓެޖީ ހަލުވިކަމާއެކު ނިމުމަކަށް އައުމާ ގުޅިގެން، މުޅި ޗައިނާގައި ކޯވިޑް އިންފެކްޝަންތައް އިތުރުވެ، ކޮވިޑުގެ ރަސްމީ ޑޭޓާއާ މެދު ޝައްކު އުފެދިފައިވާތީ މުޅި ޔޫރަޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗައިނާއިން ދަތުރުކުރާ މީހުންނަށް ހާއްސަ ކޮވިޑް ގަވާއިދުތަކެއް ވަނީ ކަނޑައަޅަން ފަށާފައެވެ. ނަމަވެސް ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ވަނީ ޗައިނާގެ ދަތުރުވެރިންނަށް ކޮވިޑް ޓެސްޓް ކުރަން ޖެހޭ ޝަރުތުތައް ކަނޑައެޅުމަކީ ތަފާތުކުރުން އިހުތިޔާރުކުރުން ކަމަށާއި ސިޔާސީ ގޮތުން ކުރާ ޖެއްސުމެއް ކަމެއް ކަމަށް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން