ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނަމް.
ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނަމް.
ޗައިނާގެ ކޯވިޑްގެ ހާލަތާ ބެހޭ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ބޭނުންވާކަން އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނަމް ވިދާޅުވެއްޖެއެވެ.

ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް މިހެން ވިދާޅުވެފައިވަނީ ޗައިނާގެ ހަރުކަށި ޒީރޯ ކޯވިޑް ޕޮލިސީތައް އުވާލުމުން މުޅި ޗައިނާގައި ކޮވިޑް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ކޮވިޑް ކޭސްތައްް އިތުރުވަމުން ދިޔަނަމަވެސް، ފަހުގެ ކޮވިޑް ކޭސްތަކާއި ބެހޭ ސީދާ މައުލޫމާތު ޗައިނާއިން ހާމަނުކުރާކަން ފާހަގަކޮށް ބައިނަަލްއަގުވާމީ އެކި ފަރާތްތަކުން ވަނީ ކަންބޮޑުކަން ފާޅުކޮށްފައެވެ.

އެގޮތުން އދ އާއި ސިއްހަތު ޖަމިއްޔާއިންވެސް ވަނީ ޗައިނާގެ ކޮވިޑް ކޭސްތަކާއި ބެހޭ މަޢުލޫމާތު ހާމަކުރަން ގޮވާލާފައެވެ.

މިމޭރުމުން ކުރެއްވި ޓްވީޓެއްގައި "ޗައިނާގެ ކޮވިޑް19ގެ ހާލަތުގެ ފުރިހަމަ ރިސްކް އެސެސްމަންޓެއް ހެދުމަށްޓަކައި ޑަބްލިއުއެޗްއޯއަށް އިތުރު ތަފްސީލީ މައުލޫމާތު ބޭނުންވާ،" ކަމަށް ޓެޑްރޯސް ވިދާޅުވެފައިވެއެވެ.

ޗައިނާގެ ހަރުކަށި ޒީރޯ ކޯވިޑް ޕޮލިސީތައް އުވާލުމުން މުޅި ޗައިނާގައި ކޮވިޑް ފެތުރުން އިތުރުވަމުންދިއުމާއިއެކު އެމެރިކާ، ދެކުނު ކޮރެއާ، އިންޑިއާ، އިޓަލީ، ޖަޕާން އަދި ޓައިވާނުންވެސް ވަނީ ޗައިނާއިން ދަތުރުކުރާ ފަރާތްތަކަށް ހަރުކަށި ގަވާއިދުތަކެއް އިއުލާންކޮށްފައެވެ. މީގެ ތެރޭގައި ކޮވިޑް ޓެސްޓު ކުރުމާއި ޓެސްޓުގެ ނަތީޖާ ދައްކާގޮތުން ކަރަންޓީނުވުންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން