އަފްޣާނިސްތާނުގައި އަންހެނުންނާމެދު އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށް އދ އިން ގޮވާލައިފިއެވެ.

އެގޮތުން އދ އިން ވަނީ އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންނަށް އަމާޒުކޮށްގެން ތާލިބާނުން ގެންގުޅޭ ސިޔާސަތުތައް ވަގުތުން ބާތިލް ކުރަން ޖެހޭ ކަމަށް ބުނެފައެވެ.



"އެއްވެސް ގައުމެއްގެ އާބާދީގެ ދެބައިކުޅަ އެއްބައި ބާކީކޮށްގެން އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ތަރައްގީ ނުކުރެވޭނެ،" އދ ގެ ހިއުމަން ރައިޓްސްގެ ހައި ކޮމިޝަނަރ ވޮލްކަރ ޓަރކް ވިދާޅުވިއެވެ.

"އަންހެނުންނާއި އަންހެން ކުދިންނަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން އަފްޣާނިސްތާނުގެ ހުރިހާ ރައްޔިތުންގެ ތަކުލީފު އިތުރުވެގެންދާނެ."

ވޮލްކަރ ވިދާޅުވީ ތާލިބާނުންގެ އެ ސިޔާސަތުތަކުގެ ސަބަބުން އަފްޣާނިސްތާނުގެ މުޖުތަމައު ނާތަހުޒީބުވުމުގެ ނުރައްކާ އޮތް ކަމަށެވެ.

ތާލިބާނުންގެ ސިޔާސަތުތައް ވަރުގަދަކޮށް ހޮނިހިރު ދުވަހު ވަނީ އަފްޣާނިސްތާނުގެ ސަރުކާރު ނޫން ޖަމިއްޔާތަކުގައި އަންހެނުން މަސައްކަތް ކުރުން މަނާކޮށްފަ އެވެ. ތާލިބާނުން ވަނީ މީގެ ކުރިން އަންހެނުންނަށް ތައުލީމު އުނގެނުމާއި އެކި ވަޒީފާތަކަށް ދިއުމަށް ހުރަސް އަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން