ތާލިބާނުންގެ ބާރުގެދަށުގައި އޮތް އަފްޣާނިސްތާނުގައި ގާއިމުކޮށްފައިވާ ޖަމިއްޔާ ޖަމާއަތްތަކުގައި އަންހެނުން މަސައްކަތްކުރުން މަނާކުރުމުން، އެހީދޭ ޖަމިއްޔާތަކުން އަފްޣާނިސްތާނުގައި މަސައްކަތް ކުރުން ހުއްޓާލަން ނިންމައިފިއެވެ.

މީގެތެރޭގައި އެކްޝަންއެއިޑް، ކްރިސްޓިއަން އެއިޑް، ސޭވް ދަ ޗިލްޑްރަންސް، ނޯވޭގެ ރެފިއުޖީ ކައުންސިލް، ކެއާ އަދި އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ ފަދަ ބައިނަލް އަގުވާމީ ޖަމިއްޔާތައް ހިމެނެއެވެ. މިޖަމިއްޔާތަކުން ހާމަކޮށްފައިވާގޮތުން، އެޖަމިއްޔާތަކުގެ އެކި ވަޒީފާތަކުގައި 3000 އެއްހާ އަންހެނުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވެއެވެ.

އަފްޣާނިސްތާނުގައި ގާއިމުކޮށްފައިވާ ޖަމިއްޔާތަކުގައި އަންހެނުންނަށް ވަޒީފާއަދާކުރުން މަނާކޮށްފައިވަނީ ބުރުގާ އެޅުމުގެ އުސޫލާ ހިލާފުވާތީކަމަށް ތާލިބާނުން ބުނެއެވެ. ނަމަވެސް މިއީ އަންހެނުންނާ ދެކޮޅަށް ތާލިބާނު ހެދި ފުރަތަމަ ހަރުކަށި ގަވާއިދެއްވެސް ނޫނެވެ. އެގޮތުން ސްކޫލްތަކާއި، ކޮލެޖް އަދި ޔުނިވަރސިޓީތަކަށް އަންހެނުން ދިއުން މަނާކޮށް ތައުލީމު އުނގެނުމާއި އެކިކަހަލަ ވަޒީފާ އަދާކުރުމަށްވެސް ދަނީ ހުރަސް އަޅަމުންނެވެ.

ޖަމިއްޔާތަކުގައި އަންހެނުންނަށް ވަޒީފާއަދާކުރުން މަނާކުރުމާއެކު އިންސާނީ އެހީ ފޯރުކޮށްދޭ އދ ފަދަ ބޮޑެތި ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން