މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރަންޓް، ކޭއެފްސީގެ އައުޓްލެޓަކުން ކޯން ހުސްވުމުން އެތަނުގެ މުވައްޒަފެއްގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފިއެވެ.

އެމެރިކާގެ ކޭއެފްސީއެއްގައި ހިނގާދިޔަ މިހާދިސާގައި އަނިޔާވެފައިވަނީ 25 އަހަރުގެ ޒުވާނަކަށެވެ. އޭނާގެ ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްލާފައިވާޕކަމަށް އެމެރިކާގެ ފުލުހުން ހާމަކޮށްފައިވެއެވެ.

މިހާދިސާގައި ކޭއެފްސީގެ މުވައްޒަފަށް ހަމަލާދީފައިވަނީ، ކޭއެފްސީއަށް ކާއެއްޗެހި އޯޑަރު ކުރަން އައި ކަސްޓަމަރު ބޭނުންވި ކޯން ނެތުމުންނެވެ. އެގޮތުން ހަމަލާ ދިނުމުގެ ކުރިން ކޭއެފްސީގެ މުވައްޒަފުންނަށް ބިރުދައްކާފައިވާކަމަށްވެސް އެމެރިކާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެމެރިކާގައި އާންމުން ހިތްހަމަނުޖެހޭ މިފަދަ ކަންކަމުގައި، މީހުންނަށް ބަޑިން ހަމަލާ ދިނުން މިހާރު ވަނީ އާންމު ކަމަކަށްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން