(ކ - ވ) ބާނާޑް އާނަލްޓް އަދި އީލަން މަސްކް.
(ކ - ވ) ބާނާޑް އާނަލްޓް އަދި އީލަން މަސްކް.
ކުރިން ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓުގެ އެއްވަނައިގައި އޮތް ވިޔަފާރިވެރިއާ އީލަން މަސްކް، އެލިސްޓުގެ ދެވަނައަށް ވެއްޓިޖެއެވެ.

ފޯބްސް އާއި ބްލޫމްބާގް އިން ބުނާ ގޮތުގައި ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓުގެ އެއްވަނައިގައި ހިމެނުނު އީލަން މާސްކް ފަހަތަށް ޖައްސާލާފައިވަނީ ލަގްޒަރީ ގޫޑްސް ގްރޫޕް އެލްވީއެމްއެޗްގެ ޗީފް އެގްޒެކެޓިވް ބާނާޑް އާނަލްޓް އެވެ.

އީލަން މަސްކަކީ ޗީފް އެގްޒެކެޓިވް އަދި ޓެސްލާގެ އެންމެ ބޮޑު ހިއްސާދާރެވެ. އަދި އޭނާ ވަނީ ސޯޝަލް ނެޓްވޯކް ޓްވިޓާވެސް 44 ބިލިއަން ޑޮލަރަށް ގަނެފައެވެ. ފޯބްސް އިން ބުނާ ގޮތުގައި މިހާރު އީލަން މަސްކްގެ މާލީ ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 177 ބިލިއަން ޑޮލަރު ހިމެނެއެވެ.

ނަމަވެސް ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓުގެ އެއްވަނައިގައި މިހާރު އޮތް ބާނާޑް އާނަލްޓްގެ މާލީ ފައިދާގެ ގޮތުގައި 188 ބިލިއަން ޑޮލަރު ހިމެނޭކަމަށް ފޯބްސް އިން ރިޕޯޓުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން