ގަތަރުގައި ވޯލްޑް ކަޕް ކަވަރު ކުރަމުން ދިޔަ ސްޕޯޓްސް ޖާނަލިސްޓް ގްރާންޓް ވާލް މަރުވެއްޖެ އެވެ.

އުމުރުން 48 އަހަރުގެ މި ނޫސްވެރިޔާ މަރުވީ ރޭ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އަދި ނެދަލޭންޑްސް ބައްދަލުކުރި މެޗް ކުރިއަށް ދަނިކޮށެވެ. ނަމަވެސް އޭނާ މަރުވީ ކޮން ސަބަބަކާ ގުޅިގެންކަމަށް ނޭނގޭކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ.

އެމެރިކާގެ މަޝްހޫރު ސްޕޯޓްސް ޖާނަލިސްޓުގެ ކުއްލި މަރާއިގުޅިގެން ޔޫއެސް ސޮކަރ އިން ވަނީ ހިތާމަ ފާޅުކޮށް ބަޔާނެއްވެސް ނެރިފައެވެ. މިބަޔާނުގައި އޭނާގެ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށް ތައުޒިޔާ ކިޔާފައިވެއެވެ.

ގްރާންޓް ވަނީ މިދިޔަ 20 އަހަރު އެކި ކުޅިވަރުގެ މުބާރާތްތައް ކަވަރކޮށްފައެވެ. މީގެ ތެރޭގައި 11 ވޯލްޑް ކަޕް މުބާރާތްވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން