އިޒްރާއީލުން އަލްޖަޒީރާ ނޫސްވެރިން ބޭރު ކުރުމަށް އެގައުމުން ގޮވާލައިފިއެވެ.

އަލްޖަޒީރާ ނޫސްވެރިން ބޭރު ކުރުމަށް ގޮވާލައްވައިފައިވަނީ އިޒްރާއީލުގެ އާ ސަރުކާރުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރުގެ މަގާމާ ހަވަލުވެވަޑައިގަންނަވަން ތައްޔާރުވެ ހުންނެވި ބެން ގވީރް އެވެ. އޭނާ މިކަމަށް ގޮވާލައްވައިފައިވަނީ، އިޒްރާއީލު ސިފައިން އަލްޖަޒީރާގެ ނޫސްވެރިޔާ، ޝީރީން އަބޫ އަކްލޭ މަރާލުމާއި ގުޅިގެން، އެމައްސަލަ ތަހުގީގު ކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް މައްސަލަ ހުށައަޅާފައިވަނިކޮށެވެ.

"އަލްޖަޒީރަކީ ދުނިޔޭގައި އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރާ އެންޓި ސެމިޓިކް އަދި ދޮގު ހަބަރު ފަތުރާ ނެޓްވޯކެއް،" ޓްވިޓާގައި ބެން ވިދާޅުވި އެވެ.

"މިއަދު އެމީހުން ގައުމުން ބޭރުކޮށް، އިސްރާއީލާ ދެކޮޅަށް ފަތުރާ ދޮގު ހަބަރުތައް ހުއްޓުވަން ޖެހޭ."

ބެން ގްވިރް މަޝްހޫރުވެފައިވަނީ ފަލަސްތީނު މީހުންނާ ދެކޮޅަށް ދެއްކަމުންދާ ވާހަކަތަކާއި، 1994 ވަނަ އަހަރު ފަލަސްތީނުގެ 29 މީހުން މަރާލި ޔަހޫދީ މީހަކަށް ތާއީދު ކުރާތީއެވެ. އެގޮތުން ބެން ގވީރު، އިސްރާއީލުގެ ރައީސް އައިސާކް ހަރްޒޮގްގެ ސަރުކާރާ ގުޅިވަޑައިގަތުމާ މެދު ބޭރުގެ އެކިގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން