މަޝްހޫރު ވިޔަފާރިވެރިއާ އަދި ބިލިއަނަރ، އީލަން މަސްކްގެ މެޑިކަލް ފާމް، ނިއުރަލިންކް އިން ހަތަރު އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް 1،500 ޖަނަވާރު މަރާލިކަމަށް ތުހުމަތުކޮށްފިއެވެ.

ނިއުރާލިންކުން ދަނީ ޕެރެލައިޒްވެފައިވާ މީހުންނަށް އަލުން ހިނގާ ބިނގާވެ އުޅުމަށް އެހީތެރިވެދޭނެ ކަމަށް އުންމީދުކުރާ ސިކުނޑީގެ އިމްޕްލާންޓެއް ތަރައްގީ ކުރަމުންނެވެ. އަދި އިންސާނާގެ ނިއުރޯލޮޖިކަލް އެހެން މައްސަލަތަކަށް ވެސް ފަރުވާ ހޯދައިދޭނެ އެކި އީޖާދުތައް ދިރާސާކުރަމުންނެވެ.

ރިކޯޑުތަކުން ދައްކާގޮތުގައި 2018 ވަނަ އަހަރުން ފެށިގެން ނިއުރާލިންކުން ކުރިއަށްގެންދާ އެކި ދިރާސާތަކުގައި ބޭނުންކޮށްފައިވާ އެތައް ޖަނަވާރުންނެއް މަރުވެފައިވެއެވެ. މީގެތެރޭގައި އޫރާއި، ބަކަރި، ރާމާމަކުނު ހިމެނެއެވެ. ރިޕޯތުތައް ބުނާގޮތުން ނިއުރަލިންކްގެ މުވައްޒަފުން ވަނީ ޖަނަވާރުތަކުގެ ޓެސްޓުތައް އަވަސް ކުރުމުގެ ސަބަބުން، އެތައް ޖަނަވާރެއްގެ ފުރާނައަށް ނުރައްކާވެފައިވާކަމަށް ބުނެ މީގެކުރިންވެސް ކުންފުނީގެ އިސްވެރިންނަށް ޝަކުވާ ހުށައަޅާފައެވެ.

ނިއުރަލިންކްގެ މުވައްޒަފުން ފާހަގަކުރާގޮތުގައި، ދިރާސާގައި ބޭނުންކުރާ އެތައް ޖަނަވާރެއްގެ ފުރާނައަށް ނުރައްކާވެފައިވަނީ ހަދާފައިވާ ގައިޑްލައިންތަކާއި ހިލާފުވުމުންނެވެ.

ގިނަ ކުންފުނިތަކުން އިންސާނުންގެ ސިއްހީ ފަރުވާ ކުރިއެރުވުމަށް ކުރާ ދިރާސާތަކުގައި އާންމުކޮށް ޖަނަވާރު ބޭނުންކުރާއިރު، އަވަހަށް އުފެއްދުންތައް ބާޒާރަށް ނެރުމަށް ކުރިމަތިވާ ޕްރެޝަރުތަކާއެކު، ބައެއް ޓެސްޓުތައް އަވަސްކޮށް ދިރާސާގައި ގެންގުޅޭ ޖަނަވާރުންނަށް އެކި ނުރައްކާތަކާއި ކުރިމަތިލާންޖެހުމަކީ އާންމުކަމެކެވެ. އަދި ދިރާސާތައް ނިމުމުން ދިރާސާތަކުގައި ބޭނުންކުރާ ޖަނަވާރުތައް މަރާލުމަކީވެސް އާންމުކަމެކެވެ. އަދި މިފަދައިން މަރާލާ ޖަނަވާރު ގިނަ ފަހަރަށް ބޭނުންކުރަނީ ދިރާސާގެ ބޭނުމަށް އެއްކުރާ މަޢުލޫމާތު ޕޯސްޓްމޯޓަމް މެދުވެރިކޮށް ހޯދުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން