މާޝާ މިދުހަތު   4 ޑިސެމްބަރު 2022 - 11:58
މެލޭޝިއާގެ އާ ކެބިނެޓް ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.
މެލޭޝިއާގެ އާ ކެބިނެޓް ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.
މެލޭޝިއާގެ އާ ބޮޑުވަޒީރު އަންވަރު އިބްރާހިމް އިސްކޮށް ހުންނަވައިގެން މެލޭޝިއާގެ އާ ކެބިނެޓް ހުވާ ކޮށްފިއެވެ.

އަންވަރު އިބްރާހިމް މެލޭޝިއާގެ 10 ވަނަ ބޮޑުވަޒީރު ކަމުގެ މަގާމުގެ ހުވާކުރައްވާފައިވަނީ ނޮވެމްބަރު 24 ވަނަ ދުވަހުއެވެ.

އެއަށްފަހު، ބޮޑުވަޒީރު އަންވަރު ވަނީ މެލޭޝިއާގެ އާކެބިނެޓު އެކުލަވާލުމުގެ މަސައްކަތުގެ ނަތީޖާ، މިދިޔަ ހުކުރު ދުވަހުގެ ރޭ ޓީވީ މެދުވެރިކޮށް ފޮނުވި ތަގުރީރެއްގައި ހާމަކުރައްވާފައެވެ. އާ ކެބިނެޓް ލައިންއަޕްގައި، ފިނޭންސް މިނިސްޓްރީގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެންނެވީ ބޮޑުވަޒީރު އަންވަރެވެ. އަދި ފުރަތަމަ ފަހަރަށް ބޮޑުވަޒީރުގެ ނައިބުގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރުންވެސް ހިމެނެއެވެ. ޖުމްލަ 28 މިނިސްޓަރަކު ހިމެނޭ މިކެބިނެޓުގައި ކޯލިޝަން ޕާޓީތަކަށް ނިސްބަތްވާ ބައެއް މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

މެލޭޝިއާގެ އާ ބޮޑުވަޒީރު އަންވަރު އިބްރާހިމް އިސްކޮށް ހުންނަވައިގެން މެލޭޝިއާގެ އާ ކެބިނެޓް ހުވާކުރައްވާފައިވަނީ ހޮނިހިރުދުވަހުއެވެ.

އާކެބިނެޓު އެކުލަވާލެވުމާއެކު، ވަޒީރުންގެ ވާޖިބުތައް އަދާކުރުމުގެ މަސައްކަތް އަވަހަށް ފަށަން ޖެހޭ ކަމަށާއި އިސްރާފުކުރުމާއި, ރިޝްވަތާއި, ބާރުގެ ބޭނުން ހިފުމާއި ދުރުހެލިވުމަށް ބޮޑުވަޒީރު އަންވަރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން