މިއަހަރު ކުރީކޮޅު ޔުކްރެއިނުގެ ބިންތައް ހިފުމަށް އެގައުމަށް އަރައިގަތް ރަޝިއާއިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 13،000 ވަރަކަށް ޔޫކްރޭން ސިފައިން މަރުވެފައިވާކަމަށް ޔުކްރެއިނުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރަށްވަމުން ޔުކްރެއިން ރައީސްގެ އިސް އެޑްވައިޒަރ ވިދާޅުވީ ރަޝިއާއިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 13 ހާހެއްހާ ޔޫކްރޭން ސިފައިން މަރުވެފައިވާކަމަށް ލަފާކުރެވުނު ނަމަވެސް މިއީ ސީދާ އަދަދު ނޫންކަމަށާއި، ރަނގަޅު ވަގުތެއްގައި ސީދާ އަދަދުތައް ހާމަކުރައްވާނެކަމަށެވެ.

"ޖެނެރަލް ސްޓާފުންގެ ފަރާތުން ރަސްމީ އަންދާޒާތައް އެބަހުރި... މިއަންދާޒާތަކުން ދައްކާގޮތުގައި މަރުވެފައިވާ މީހުންގެ އަދަދު 10،000 އާއި 13،000 އާ ދެމެދުގެ އަދަދެއްގައި ހިމެނޭ،" ޔުކްރެއިންގެ ރައީސްގެ އިސް އެޑްވައިޒަރ މީޚާއިލޯ ވިދާޅުވެފައިވެއެވެ.

މީގެކުރިން، ޖޫންމަހު ރަޝިޔާގެ ސިފައިން، ޔުކްރެއިނުގެ އެންމެ އިރުމަތީ ލުގަންސްކް ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށް ހަނގުރާމަ ކުރަމުން ދިޔައިރު، ދުވާލަކު 60 އާއި 100 އާއި ދެމެދުގެ އަދަދަކަށް ޔޫކްރޭނުގެ ސިފައިން މަރުވަމުންދާކަމަށާއި، އަދި ގާތްގަނޑަކަށް 500 މީހުން ޒަޚަމްވަމުންދާ ކަމަށް، ޔުކްރެއިނުގެ ރައީސް ޒެލެންސްކީ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސެޕްޓެމްބަރު މަހު ވިދާޅުވެފައި ވާގޮތުން ގާތްގަނޑަކަށް ހަތް މަސް ދުވަހުގެ ހަނގުރާމައިގައި ރަޝިޔާގެ 5،937 ސިފައިން މަރުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން