ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބަނގުރާ މަނާކުރުމުގެ ސަބަބުން އަންހެން ސަޕޯޓަރުންނަށް ދަނޑުތެރެއިން ކުރިމަތިވަނުންދިޔަ ޖިންސީ ފުރައްސާރައިގެ އުނދަގުލެއް ނެތި ފުޓްބޯޅަ ބަލާލެވޭ ވާހަކަ އަކީ މިހާރު އުފަލާއިއެކު ފުޓުބޯޅަބަލާ އަންހެން ސަޕޯޓަރުންގެ ވާހަކައެވެ. އެގޮތުން ޤަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް މުބާރާތް ބަލަން ދިޔަ 19 އަހަރުގެ ޒުވާނަކު ވަނީ ސަޕޯޓަރެއްގެ އުފާތައް ހިއްސާކުރަމުން، މިވޯލްޑްކަޕް ވެގެންދާނީ ހުރިހާގޮތަކުންވެސް ނަމޫނާ މުބާރާތެއްކަމަށް ސިފަކޮށްފައެވެ.

އެލީ މޮލޮސަން ނަމަކަށް ކިޔާ މި ޒުވާނާ އަކީ އަންހެން ފުޓްބޯޅަ ސަޕޯޓަރުންނަށް ރައްކާތެރިކަމާއެކު މެޗު ބަލާލުމުގެ ތަޖުރިބާތައް ހޯދައިދިނުމުގެ ކެމްޕޭނެއްވެސް ކުރާ ޒުވާނެކެވެ. ނަމަވެސް އޭނާ ވޯލްޑްކަޕް ބަލާލުމަށް ގަތަރަށް ދިއުމުގެ ކުރިން ވަރަށް ބޮޑަށް ކަންބޮޑުވެ ބިރުގަތްކަމަށް ބުނެފައިވެއެވެ. އެލީ ބުނީ ކަންބޮޑުވާން ޖެހުނު އެންމެ ބޮޑު ސަބަބީ ޤަތަރުގައި އަންހެންނުނާއިމެދު ކަންކަން ކުރާ ގޮތުގެ ވާހަކަ މީޑިއާތަކުގައި ފަތުރާގޮތުން ކަމަށެވެ.

އެގޮތުން ވޯލްޑްކަޕް ބަލަން ދިޔައީ އޭނާގެ ބައްޕަ ބެލެނިވެރިއެއްގެ ގޮތުގައި ގޮވައިގެންކަމަށް އެލީ ބުނެފައިވެއެވެ. ނަމަވެސް ކަންކަންވީ ހީކުރިގޮތާއި މުޅިން ހިލާފަށެވެ.

"ބުނަން އޮތްހާވެސް އެއްޗަކީ މިތަނަށް އައުމުން ލިބުނީ ހަގީގަތުގައިވެސް ޝޮކެއް. މުޅިން އެހެން ތަޖުރިބާއެއް ކުރެވުނީ،" އެލީ މޮލޮސަން ބުންޏެވެ.

"އެއްވެސް ވަރަކަށް އުނދަގޫކޮށް، ދަނޑަށް ވަނުމުން ގޮވާ، ތުނބުންފުމެ، ޖިންސީ ފުރައްސާރަކޮށް ނުވަތަ އެއްވެސް ކަހަލަގޮތަކަށް އަންހެނުން ދައްކޮށްލާ އެކަހެރި ކުރާ މަންޒަރެއް ފެނިފައެއް ނުވޭ. އަދި މިފަދަ ކަމެއް އަމިއްލައަށްވެސް ތަޖުރިބާ ނުކުރެވޭ." އެލީ މޮލޮސަން ބުންޏެވެ.

ޤަތަރުގައި ވޯލްޑްކަޕް ފެށުމަށް ގާތްވަމުން ދިޔަވަރަކަށް ހުޅަނގުގެ މީޑިއާތަކުން ޤަތަރު ސިފަކުރަމުންދިޔައީ ޤަތަރަކީ އަންހެނުންނާއި މެދު ތަފާތުކުރުންތަކެއް ގެންގުޅޭ ގައުމެއްގެ ގޮތުގައެވެ. އަދި ބައިނަލްއަގުވާމީ ގޮތުންވެސް މިކަމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ނަމަވެސް ވޯލްޑް ކަޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މާހައުލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރެވިފައިވުމާއިއެކު މިފަހަރުގެ މުބާރާތުން ފެންނަމުންދަނީ ގިނަ އަންހެން ސަޕޯޓަރުންނަށް ދަނޑުތަކުން މަރުހަބާ ކިޔަމުންދާތަނެ

ކޯވެ.

ވޯލްޑްކަޕް މެޗުތަކުން ލިބެމުންދާ މިފަދަ އުފާވެރި ތަޖުރިބާއާއިއެކު ހުޅަނގުގެ މީޑިއާތަކުން ޤަތަރު ސިފަކުރަމުންދިޔަ ގޮތް ގޯސްކަން ގިނަ އަންހެން ސަޕޯޓަރުން ދަނީ ފާހަގަކުރަމުންނެވެ. އަދި މިއީ ބަނގުރާ މަނާކޮށް، މީހުން ހަމަހޭވެރިކަން ނުގެއްލޭނެފަދައިން އަމަލުތައް ހުރުމުންކަމަަށްވެސް ގިނަބަޔަކު ސިފަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން