މެލޭޝިއާގައި ފުރަތަމަ ފަހަރަށް ހިލޭ ސެނިޓަރީ ޕެޑްސް ހިލޭ ދޫކުރަން ފަށަންނިންމައިފިއެވެ.

ހިލޭ ސެނިޓަރީ ޕެޑްސް ދޫކުރަން ހަމަޖެހިފައިވަނީ މެލޭޝިއާގެ ސެލަންގޯރ ސްޓޭޓުންނެވެ. އެގޮތުން ސެލަންގޯރ ވެގެންދާނީ ހިލޭ ސެނިޓަރީ ޕެޑްސް ދޫކުރާ މެލޭޝިއާގެ ފުރަތަމަ ސްޓޭޓަށެވެ. މީގެއިތުރުން މައްސަރު ކަންކަމާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ވަކި ބަޖެޓެއްވެސް އެސްޓޭޓުން ވަނީ ކަނޑައަޅާފައެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މެލޭޝިއާގެ މަޖިލީސް މެމްބަރ ޖުވައިރިއްޔާ ޒުލްކިފްލީ ވިދާޅުވީ މައްސަރުކަންތަކަކީ އާ މައްސަލައެއް ނޫން ނަމަވެސް އިޖުތިމާއީ ކުށްހީއެއްގެ ސަބަބުން އެކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދެއްކުމަށް މީހުން ޖެހިލުންވާކަމަށެވެ. އަދި ސެލަންގޯރގެ މި އިސްނެގުމާއެކު މިކަމުގެ ފައިދާ ލިބޭނީ ޕެޑް ހޯދާ ފަރާތްތަކަށް އެކަނި ނޫންކަމާއި މައްސަރުކަންތަކާއި ގުޅުންހުރި ސްޓިގްމާ އަދި ކުށްހީތައް ނައްތާލުމަށް އެހީތެރިވެދޭނެ ކަމަށެވެ.

"މިފަދަ ހާލަތަކާ ކުރިމަތިލުމުގެ ނުރައްކާ އޮތް ގްރޫޕްތަކުގެ ތެރޭގައި ފަގީރު އަވަށްތަކުގައި ދިރިއުޅޭ އަންހެނުންނާއި، މާލީ ތަނަވަސްކަން ނެތް ފަރާތްތައް ހިމެނޭ."

އެގޮތުން ސެލަންގޯރގެ މި އިސްނެގުމާއެކު މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ޕެޑް ނުގަނެެވުމާއި، މައްސަރުކަންތަކުގެ ދުވަސްވަރު ގައިން ތާހިރުވެ އުޅުމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ލުއެއް ލިބިގެންދާނެކަމަށްވެސް ޖުވައިރިއްޔާ ޒުލްކިފްލީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން