ތައިލެންޑުގެ ފައްޅިއެއްގެ ހުރިހާ ފާރިދީން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ، ފައްޅި ދޫކޮށްލުމަށް މަޖުބޫރުވުމާއިއެކު ފައްޅި ފަޅުވެއްޖެއެވެ.

ތައިލެންޑުގެ ފެޗަބުން ޕްރޮވިންސްގެ ކުޑަ ފައްޅިއަށް ފުލުހުންނާއި ސިއްހީ ދާއިރާގެ އޮފިޝަލުންވަދެ ފާސްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ތައިލެންޑުގެ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މިމައްސަލައިގައި ކުޑަކަމުދާތަކެތި ޓެސްޓްކޮށް، މަސްތުވާތަކެތި ބޭނުންކުރާކަމުގެ ހެކިތައް ފެނުމުން ހަތަރު ފާރިދީއަކަށްވަނީ ފާދިކަން ދޫކޮށްލަން މަޖުބޫރުވެފައެވެ.

ފައްޅީގެ ފާދިރީން ފައްޅި ދޫކޮށް ދާން މަޖުބޫރުވުމުން، ދީނީ ކަންކަމުގައި އެމީހުންނަށް ބަރޯސާވާ އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ފައްޅީގައި ދިރިއުޅޭ ބައެއް ބުޅަލާއި ކުއްތާތަކަށް ވާނެ ގޮތަކާ މެދު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން