ޗައިނާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ސިޔާސަތުތަކާއި ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރެއިން.
ޗައިނާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ސިޔާސަތުތަކާއި ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރެއިން.
ޗައިނާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ސިޔާސަތުތަކާއި ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެން ކޮވިޑް ފެތުރުން ހުއްޓުވުމަށް އަމަލުކުރަމުންދާ ގަވާއިދުތަކަށް ލުއި ދީފިއެވެ.

ޗައިނާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ސިޔާސަތުތަކާއިމެދު އާންމުން ހިތްހަމަ ނުޖެހި މުޒާހަރާ ކުރަން ފަށާފައިވަނީ އުސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތައްބަޔަކު މަރުވުމުންނެވެ. ހުސްވިހަފްތާގައި ހިނގާދިޔަ މިހާދިސާގައި ސަލާމަތް ނުވެވި ގިނަބަޔަކު މަރުވެ އެތައް ބަޔަކަށް އަނިޔާވެފައިވަނީ އަލިފާނުން ސަލާމަތްވުމަށް އެއިމާރާތުން ނުނިކުމެވުމުންނެވެ. މިކަމާގުޅިގެން ފެށި މުޒާހަރާތަކުގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ގަވާއިދުތަކާއި އެކުލަވާލައިފައިވާ ހަރުކަށި ސިޔާސަތުތަކަށް ލުއި ދިނުމަށް ގޮވާލާފައިވެއެވެ.

މުޒާހަރާތަކަށް ފަހު ގަވާއިދުތަކަށް ލުއި ދީފައިވަނީ، މުޒާހަރާގެ ބައިވެރިނާއި ޗައިނާގެ ފުލުހުންނާ ކުރިމަތިލައި ހިނގާ ދިޔަ ހަމަނުޖެހުންތަކަށްފަހުއެވެ. އެގޮތުން ޗައިނާގެ ބައެއް ސިޓީތަކުގައި މިހާރުވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. އެގޮތުން ޑައިރެކްޓް ކޮންޓެކްޓް ވާފަރާތްތަކަށް އަމިއްލަ ގޭގައި ކަރަންޓީނުވެވޭނެކަމަށާއި، ބައެއް ސަރަހައްދުތަކުން ލޮކްޑައުން އުވާލާފައިވާކަމަށް ޗައިނާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ޗައިނާއިން މުޅި ދުނިޔެއާ އެކަހެރިވެ، ބޯޑަރުތައް ބަންދުކޮށްފައިވާއިރުވެސް ކޮވިޑް-19 ބަލިމަޑުކަން އަދިވެސް ފެތުރެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. މިއާގުޅިގެން ޗައިނާއިން ގާއިމުކޮށްފައިވާ "ކޮވިޑް ޒީރޯ" ސިޔާސަތުގެ ދަށުން މިބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ގަވާއިދުތަކެއް ހަދާފައިވެއެވެ. މިހަރުކަށި ގަވާއިދުތަކުގެ ތެރޭގައި ޗައިނާގެ ގިނަ ސިޓީތަކެއް ހަރުކަށިކޮށް ލޮކްޑައުންކޮށް، އެތަކެއް ރައްޔިތުން ގެއިން ނިކުތުން މަނާކޮށް ގިނަ އިމާރާތްތަކެއްގައި ޗައިނާ ސަރުކާރުން ވަނީ ބޮޑުތަޅު އަޅުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން