ހަރުކަށި ފިކުރުގެ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓްގައި އިސްކޮށް ހަރަކާތްތެރިވާ އަބޫ އަލް ހަސަން އަލް ހާޝިމީ އަލް ޤުރައިޝީއަށް ހަމަލާދީ މަރާލައިފި އެވެ.
މިއީ މި އަހަރު ހަމަލާދީ މަރާލި އައިއެސްގެ ދެވަނަ ލީޑަރެވެ. މިދެ އިސްވެރިން މަރާލައިފައިވަނީ އައިއެސް ޖަމާއަތުން އެމީހުންގެ ހަރުކަށި ފިކުރު ގަދަކޮށް ފަތުރަން މަސައްކަތްކުރާ ދަނޑިވަޅެއްގައެވެ.
އައިއެސް ޖަމާއަތުން ވަނީ އެމީހުންގެ އިސްލީޑަރުން މަރުވީ މާތް ﷲ އަށް ގައްދާރުވާ ބަޔަކާއި ހަނގުރާމަކުރަނިކޮށް ކަމަށް ހާމަކޮށްފައެވެ. އައިއެސް ޖަމާއަތުގެ ގިނަބަޔަކަށް އަމާޒުކޮށް ހަމަލާ ދެމުންދާ މިދަނޑިވަޅުގައި ހަމަލާތައް އަމާޒުވަނީ އިރާގާއި ސީރިއާގައި އެމީހުން ގާއިމުކޮށްފައިވާ ސްލީޕަރ ސެލްތަކެއްގައި ފިލާތިއްބައެވެ.
މިކަމާގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ބުނީ އަލް ގުރައިޝީ މަރާލާފައިވަނީ އޮކްޓޯބަރު މަހުގެ މެދުތެރޭގައި ކަމަށާއި އެ އޮޕަރޭޝަން ހިންގީ ސީރިއާގައި ކަމަށެވެ.
ނަމަވެސް އައިއެސް އިން އަލް ގުރައިޝީގެ މަރާބެހޭގޮތުން އޭނާ މަރާލިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން އިއުލާން ކުރުމުގެ ސަބަބެއް އަދި ހާމަވެފައެެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު