އިންޑިއާގައި ޖަލަށްލާފަައި ހުރި މިނިސްޓަރަކަށް ވަކި ހާއްސަ މެހެމާންދާރީއެއް އަދާކުރާތީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އާންމުވެފައިވާ ޖަލުގެ ސީސީޓީވީ ފޫޓޭޖުން، މަނީ ލޯންޑަރިންގް މައްސަލަައެއްގައި ޖަލަށްލާފައިވާ ދިއްލީގެ މިނިސްޓަރ ސަތުޔެންދަރ ޖެއިންއަށް ވަކިން ހާއްސަ މީރުކެއުން ފޯރުކޮށްދޭ ތަނާއި، މީހަކު ލައްވައި މަސާޖު ކުރުވާތަންވެސް ފެނިގެން ގޮސްފައިވެއެވެ.

ނަމަވެސް މިނިސްޓަރ ސަތުޔެންދަރ ޖެއިންގެ ވަކީލުން ދަނީ މިކަން ކަން ދޮގުކޮށް މިނިސްޓަރ ޖަލުގައި އޮންނެވީ ވަރަށް ހާލުގައިކަން ފާހަގަކުރަމުންނެވެ. އަދި ރަނގަޅު ކާއެއްޗެއް ނުލިބި، ރަނގަޅަށް ނުކެވި 28 ކިލޯ ލުއިވެފައިވާކަމަށްވެސް މިނިސްޓަރ ޖެއިންގެ ވަކީލުން ބުނެފައިވެއެވެ.

މިނިސްޓަރުގެ ވަކީލުންގެ ޓީމުން މިހެން ފާހަގަކޮށްފައިވީނަމަވެސް، އެންމެ ފަހުން ލީކުވެފައިވާ ޖަލުގެ ސީސީޓީވީ ފުޓޭޖުންވެސް މިނިސްޓަރަށް ގެނެސްފައި ހުރި ހާއްސަ ކެއުމެއް ކާން އިންނަތަން ފެނިގެންދެއެވެ. އަދި ޖަލުގެ ބައެއް ފަރާތްތަކާއި ހަވާލީ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި، ޖަލުގައި އަރާމުކޮށް ދިރިއުޅެމުންދާ މިނިސްޓަރ ވަނީ މިހާރު އަށް ކިލޯ ބަރުވެފައެވެ.



މިނިސްޓަރ ސަތުޔެންދަރ ޖެއިން ހައްޔަރުކޮށްފައިވަނީ، 2017 ވަނަ އަހަރު އިންޑިއާގެ އެންފޯސްމެންޓް ޑިރެކްޓޮރޭޓް (އީޑީ) އިން ބަލަމުންއައި މަނީ ލޯންޑަރިންގެ މައްސަލައެއްގައެވެ. އެގޮތުން ހަތަރު ކުންފުންޏެއް މެދުވެރިކޮށް މަނީ ލޯންޑަރިންގައި ބައިވެރިވެފައިވާކަން މިނިސްޓަރަށް ތުހުމަތުކޮށްފައިވެއެވެ.

ޖަލަށްލާފައިވާ މިނިސްޓަރަށް ވަކި ހާއްސަ މެހެމާންދާރީއެއް އަދާކުރަމުންދާތީ، މިމަހުގެ ކުރީކޮޅު އީޑީ އިން ވަނީ މިމައްސަލަ ކޯޓަށްވެސް ހުށައަޅާފައެވެ. އަދި މިކަމާ ބެހޭގޮތުން އާންމުންގެ ގިނަބަޔަކުވެސް ދަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން