ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އަދި އެންމެ ގިނަ ބަޔަކު ބަލާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އިސްލާމީ ގައުމެއްކަމަށްވާ ގަތަރުގައި ފަށައިފިއެވެ.

މިއީ އޭޝިއާ ބައްރުގައި ވޯލްޑްކަޕް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2002 ވަނަ އަހަރު ވަނީ ޖަޕާން އަދި ކޮރެއާ ގުޅިގެން ވޯލްޑްކަޕް ބާއްވާފައެވެ. އަދި މިއީ މެދުއިރުމަތީގައި ވޯލްޑްކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.


މިފަހަރުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އަލްބައިތު ސްޓޭޑިއަމްގައެވެ. މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލް ސާނީ އާއި ފީފާގެ ރައީސް އިންފަންޓީނިއޯ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ގިނަ އަދަދެއްގެ އިއްޒަތްތެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މަޝްހޫރު ބައެއް ފަންނާނުންގެ ހުށަހެޅުންތަކާއި ބަޑިބޭހުގެ ހަރަކާތްތައް ފެށިގެންދިޔައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ މުބާރާތް ބާއްވާ ގަތަރާއި ދެކުނު އެމެރިކާގެ އިކުއެޑޯއެވެ. މި މެޗު 2-0 އިން ކާމިޔާބުކުރީ އިކުއެޑޯއެވެ.

މި ފަހަރުގެ މުބާރާތުގައިވެސް 32 ޓީމު ވާދަކުރާއިރު 64 މެޗު ކުޅޭނެއެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ފްރާންސެވެ.

ކިޔުންތެރިންގެ ހިޔާލު