އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ފުރަތަމަ ފަހަރަށް އޭނާގެ އަންހެން ދަރިފުޅާއެކު އާންމު ސަރަހައްދަކުން ފެނިލައިފިއެވެ.

ދަރިއަކު ލިބިވަޑައިގެންފައިވާކަން މީގެ ކުރިން ހާމަކޮށްފައި ނުވިނަމަވެސް، ކިމް އަދި އޭނާގެ އަންހެން ދަރިފުޅު އެކުގައި ފެނިފައިވަނީ އަތުގުޅާލައިގެން ތިއްބައެވެ. އުތުރު ކޮރެއާގެ ސްޓޭޓް މީޑިއާއިންވެސް ވަނީ ކިމް ޖޮންގ އުން އާއި އޭނާގެ ދަރިކަނބަލުން އެކުގައި ތިބި ފޮޓޯވެސް އާންމުކޮށްފައެވެ. ނަމަވެސް އެކުއްޖާއާއި ބެހޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ދެބޭފުޅުންގެ ފޮޓޯ ނަގައި އާންމުކޮށްފައިވަނީ ހުކުރު ދުވަހު ޖަޕާނުގެ އައްސޭރިފަށުން 200 ކިލޯމީޓަރު (124 މޭލު) ދުރަށް ފޮނުވާލި މިސައިލް ހަމަލާ ފޮނުވާލުމުގެ ކުރިންނެވެ.

ކިމް ޖޮންގ އުން ކައިވެނި ބައްލަވައިގެންފައިވަނީ 2009 ވަނަ އަހަރުއެވެ. ނަމަވެސް ކިމް ޖޮންގ އުން އަދި އަނބިކަނބަލުންނަށް ލިބިވަޑައިގެންފައިވަނީ ކިތައް ބޭފުޅުންކަމެއް، އަދި އެކުދިންގެ މައުލޫމާތެއްވެސް އަދި މިހާތަނަށް ރަސްމީކޮށް އާންމުކޮށްފައެއް ނުވެއެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ކިމް ޖޮންގ އުން އަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން