ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އަވަހާރަކޮށްލަން ދިން ބަޑީގެ ހަމަލާއެއްގައި އެމަނިކުފާނު ޒަހަމްވެވަޑައިގެންފިއެވެ.

ހަބަރުތައް ބުނާގޮތުން އިމްރާން ހާނަށް ހަމަލާދީފައިވަނީ އެ ގައުމުގެ ގުޖުރަންވަލާގައި މިއަދު ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިންނެވެ.

ހަބަރުތައް ބުނާގޮތުން މި ހަމާލާގައި ވަޒަން އެރުމުގެ ސަބަބުން އިމްރާން ހާންގެ ފަޔަށް ވަނީ ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ. ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސް ނޫންކަމަށް ކަމާއިބެހޭ ފަރާތްތަކާއި ހަވާލާދީ ހަބަރުތައް ބުނެއެވެ.

މި ހަމާލާގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ހިމެނޭ ގޮތަށް އިތުރު 6 މީހަކުވެސް ޒަހަމްވެފައިވާކަމަށް ހަބަރުތައް ބުނެއެވެ.



އިމްރާން ހާނަށް ހަމަލާ ދީފައިވަނީ އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާއި ދިމާލަށް ދިޔަ އެއްވުމެއްގެ ތެރެއިންނެވެ.

ފުލުހުން ވަނީ މި ހަމަލާ ދިން މީހާ އެ ސަރަހައްދުން އެ ވަގުތު ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި އެއްވެސް ޖަމާއަތަކުން މި ހަމަލާގެ ޒިންމާވެސް ނަގާފައެއް ނުވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒު ޝަރީފް ވަނީ މި ހަމަލާ ކުށްވެރިކުރައްވާ، އަވަސް ތަހުގީގެއް ފެށުމަށް ކަމާއިބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާ އިމްރާންގެ ހާން ފެށި ހިންގާލުން އޮކްޓޯބަރުމަހުގެ 28 ވަނަ ދުވަހު ލާހޯރުންނެވެ. އަދި ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު ވެރިރަށް އިސްލާމްއާބާދަށް ހިނގާލުން ފޯރާނެކަމަށް އޮތީ ބެލެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

އުމަރު މުޚުތާރު

04-Nov-2022

ވެރިމީހާ މީވެސް ހުޅަނގައް ތާއީދުކޮށް މުސްލިމުން ފުނޑާލަން ވާގިވެރިވާ ޖަމާއަތުގެ މީހަކާވައްތަރީ، އެހެއްޏާ އިމްރާނު ޚާން ވެރިކަމުން ދުރުކުރީ ރައްޔިތުންގެވޯޓަކުނެއް ނޫން އެމެރިކާ އި އިންގިރޭސިންގެ ނުފޫޒު މަޖުލިސް އަކުން


4

ޥެރިމީހާ

03-Nov-2022

މިވެސް ރިޔާސަތު ބަގުޑިބައްދަން އުޅޭ މީހެއް



ޓްރެންޑިން