މިއަހަރުގެ މިހާތަނަށް ލަންކާގެ ވެރިރަށް ކޮލަމްބޯއިން 14،000 އަށް ވުރެ ގިނަ ޑެންގޫ ކޭސް ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން ލަންކާގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ބުނާ ގޮތުގައި މިނިސްޓްރީ އޮފް ހެލްތުން ވަނީ ލަންކާގެ 21 ޑިވިޝަނެއް ޑެންގީ ހައި-ރިސްކް ޒޯންގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އޭގެތެރެއިން ނުވަ ޑިވިޝަނަކުން ޑެންގީ ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ލަންކާގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ހާމަކޮށްފައިވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަަށް ލަންކާގެ ވެރިރަށް ކޮލަމްބޯގައި 14،937 ޑެންގޫ ކޭސް ރިޕޯޓުކޮށްފައިވާއިރު، 2021 ވަނަ އަހަރުގެ މި މުއްދަތުގައި 7،296 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި ހުސްވި ހަފްތާގެ ތެރޭގައި ކޮލޮމްބޯގައި 143 ޑެންގީ ކޭސް ވަނީ ރިޕޯޓުކޮށްފައެެވެ.

ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް މުޅި ލަންކާއިން ރިޕޯޓުކޮށްފައިވާ ޑެންގީގެ ކޭސްތައް 62،435 އަށް އަރާއިރު، 2021 ވަނަ އަހަރު ރިޕޯޓްކޮށްފައިވަނީ 40،248 ޑެންގޫ ކޭސްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން