ލަންކާގެ ރައްޔިތުން، އެހެން ގައުމުތަކުގެ މީހުންނާ ކައިވެނިކުރުމަށް ކަނޑައެޅިފައިވާ ހުރަސްތަކަށް ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.

އެގޮތުން ލަންކާގެ ރެޖިންސްޓްރާ ޖެނެރަލް ޕީ.އެސް.ޕީ އަބޭވަރަދެނާ ވަނީ ލަންކާގެ ރައްޔިތުންނާއި އެހެން ގައުމުތަކުގެ މީހުންނާ ކައިވެނިކުރުމަށް ކަނޑައެޅިފައިވާ ހަރުކަށި ގަވާއިދުތައް އަންގައިދޭ ސާކިއުލާ އުވާލަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. މި ސާކިއުލާގައިވާ ގޮތުން ކައިވެނިކުރަން އެދޭ ބިދޭސީ ރައްޔިތު މީހާގެ ފަރާތުން ސިއްހީ ހާލަތު ކަށަވަރު ކުރުމަށްޓަކައި ކަމާބެހޭ އިދާރާއަކުން ހެލްތު ޑިކްލެރޭޝަނެއް ބޭނުންވެއެވެ. މީގެ އިތުރުން ބިދޭސީ ރައްޔިތެއްގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައި ނުވާކަން އަންގައިދޭ ސެކިއުރިޓީ ކްލިއަރެންސް ރިޕޯޓެއް ބޭނުންވާކަމަށްވެސް ސާކިއުލާގައި ވެއެވެ.

ނަމަވެސް މި ހުރަސްތަކަށް ލުއިތަކެއް ދޭން ޖެހޭކަން ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، ހެލްތު ޑިކްލެރޭޝަނަކާއި، އަދި ސެކިއުރިޓީ ކްލިއަރެންސް ރިޕޯޓުތަކާ ގުޅޭގޮތުން އާ ޕްރޮސެސްތައް ތައާރަފްކުރުމަށް ރެޖިސްޓްރާ ޖެނެރަލްގެ ޑިޕާޓްމަންޓުން ޑިފެންސް މިނިސްޓްރީއަށާއި، އަދި ހެލްތު މިނިސްޓްރީއަށް މިހާރު ވަނީ އަންގާފައެވެ. އަދި މިކަންކަން އެޓާނީ ޖެނެރަލް ޑިޕާޓްމަންޓަށް ވެސް އަންގާފައިވާކަން ރެޖިސްޓްރާ ޖެނެރަލް ޕީ.އެސް.ޕީ އަބޭވަރަދެނާ ހާމަކޮށްފައިވެއެވެ.

ގަވާއިދުތަކަށް ގެނެވޭ ބަދަލުތަކާއެކު ލަންކާގައި، އެގައުމުގެ ރައްޔިތުން، އެހެން ގައުމުތަކުގެ މީހުންނާ ކައިވެނިކުރުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ހސބސ

06-Nov-2022

ނުގޮސްވެސް މިހާރުވާނެ .


0

ޢައިނާ

06-Nov-2022

ރާއްޖޭގައި މީހުންނާ އިދެގެން ކުދިން ލިބިފަ ހުއްޓާއަނބިމީހާ އަށްސިއްރުންވިޔާނުދާ ކޮށް އުޅޭ ޅަކުދިންނާ ދެ އަންބަށް 0އިންނަ ދިވެހިފިރިހެނުން ނަށް ކައިވެނި މިހާރުހާ ފަސޭހަ ކޮށް ނުކުރެވޭނެ ހަރުކަށިޤަވައިދެއް ހަދާ ސްރީލަންކާ މީޙުންނާ ކައިވެނި ކުރާ ބިދޭސީން ނަކީވެސް އެބައެއްގެރަށުގައި ތިބި ޢާއިލާ އަށް ނިކަމެތި ކަމެއްނުދީ އެމީހުންގެ އަނބި ދަރިންނަށް އެގިގެނެ ކުރެވޭނެ ކައިވެނިތައްކުރެވޭނެ ހަރުދަނާ ގޮތެއްހެދުން ވަރަށް މުހިއްމު


0

ޖިމް

06-Nov-2022

ގެނޭ މީހަކަށް 4 ކުދިންގެ މަގުން..


7

ލަންކާ

03-Nov-2022

އަވަހަށް ލަންކާއަށް ދާންވީ



ޓްރެންޑިން