ނިއުކްލިއަރ ބާރެއްކަމަށްވާ އުތުރު ކޮރެޔާއިން ދުރު ރާސްތާއަށް ދަތުރުކުރާ އިންޓަރ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލް، އައިސީބީއެމްއެއް ޓެސްޓްކޮށްފިއެވެ.

ބައިނަލްއަޤްވާމީ މީޑިއާތައް ބުނާގޮތުން އުތުރުކޮރެޔާއިން އައިސީބީއެމް ޓެސްޓްކޮށްފައިވަނީ މިއަދުއެވެ. ނަމަވެސް އެ މިސައިލް ވަނީ ވައިގެ ތެރެއިން ފެއިލްވެފައިކަމަށް ހަބަރުތައް ބުނެއެވެ.

މިއީ މިއަހަރު އުތުރު ކޮރެޔާއިން ޓެސްޓްކުރި 7 ވަނަ އައިސީބީއެމްއެވެ. އަދި މި މިސައިލް ޓެސްޓްކޮށްފައި މިވަނީ އުތުރުކޮރެޔާއިން ނިއުކްލިއަރ ހަތިޔާރެއް ޓެސްޓްކުރަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްފައެވެ.

އުތުރުކޮރެޔާއިން މިއަދު އައިސީބީއެމްއެއް ޓެސްޓްކޮށްފައިވާއިރު ދެ ކޮރެޔާގެ ދެމެދުގައި އިއްޔެ ވަނީ މިސައިލް ހަމަލާތަކެއްވެސް ބަދަލުކޮށްފައެވެ. ނަމަވެސް އެއްވެސް ޤައުމަކުން އެކަމުން ގެއްލުމެއް ކުރިމަތިވެފައެއް ނުވެއެވެ.

އުތުރުކޮރެޔާއިން އަސްކަރީ ހަރަކާތްތައް އިތުރުކޮށްފައި މިވަނީ އެމެރިކާއާއި ދެކުނު ކޮރެޔާއިން ގުޅިގެން އަސްކަރީ ތަމްރީންތަކެއް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން