މުގައްދަސްވެގެންވާ ފަލަސްތީނުގެ ބިންތަކަށް ވެރިވެގެން އުޅޭ ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރަކަށް އަނިޔާވެރި ބެންޖަމިން ނަތަންޔާހޫ އަނެއްކާވެސް އައިސްދާނެކަމަށް އިއްޔެ ބޭއްވި އާއްމު އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކައިފިއެވެ.

އިސްރާއީލުގައި އިއްޔެ ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބަކީ މިދިޔަ 4 އަހަރު ތެރޭގައި ބޭއްވި 5 ވަނަ އިންތިހާބެވެ.

އިންތިހާބު އެގްޒިޓް ޕޯލްސްތައް ދައްކާގޮތުން ކުރީގައި އުޅެނީ ނަތަންޔާހޫގެ ލިކޫދް ޕާޓީއާއި އެ ޕާޓިއަށް ވާގިދޭ ޕާޓީތައްކަމަށް ޔަހުދީ މީޑިއާތަކުން ބުނެއެވެ. އެގޮތުން ގާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން 65 ކާމިޔާބު ކުރާނެކަމަށް ބެލެވެނީ ނަތަންޔާހޫއާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުންކަމަށް ހަބަރުތައް ބުނެއެވެ.

ވަގުތީ ނަތީޖާތަކުން ކުރީގައި ނަތަންޔާހޫ އުޅޭއިރު މިހާރުގެ ބޮޑުވަޒީރު ލަޕިގްއާއި އޭނާއަށް ތާއީދުކުރާ ފަރާތަކަށް ލިބޭނެކަމަށް ބެލެވެނީ 50 ވަރަކަށް ގޮނޑިއެވެ.

އަރަބިން ތަމްސީލުކުރާ ކޯލިޝަނަކުން 5 ގޮނޑި ކާމިޔާބު ކުރާނެކަމަށް ބެލެވޭއިރު، އެ މީހުން އިތުރު ބަޔަކާއެކު ކޯލިޝަނެއް ނުހަދާނެކަމަށް ހަބަރުތައް ބުނެއެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ 71.3 އިންސައްތަ މީހުން ވޯޓްލިއެވެ. މިއީ 2015 ވަނަ އަހަރުގެ ފަހުން މިހާ ގިނަ ބަޔަކު ވޯޓްލާން ނިކުތް ފަހަރެވެ.

ފަލަސްތީނުގެ ބިމަށް ވެރިވެގެން އުޅޭ އިސްރާއީލު މީހުންގެ ވެރިކަމަށް ކޮންމެ މީހަކު އަޔަސް އެމީހުންގެ އަނިޔާވެރިކަމަށް ބަދަލެއް ނާދެއެވެ. ކޮންމެ ވެރިޔަކާއެކުވެސް ފެންނަނީ ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އެތައް އަނިޔާތަކެއް ދޭ މަންޒަރެވެ. އަދި އެކަންކަމާއި ގުޅޭގޮތުން ބަސް ބުނުމަށް އދއާއި ހުޅަނގުގެ ބޮޑެތި ބާރުތަކަކުން ބޭނުމެއްވެސް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އަލިހޮއްކޮ

03-Nov-2022

މި ގައުމުވެސް މިދަނީ އެއްކަލަ އަނިޔާވެރިޔާ އާއި ދިމާލަށް ބާވައެވެ? ބިރުވެރިކަން ހުއްޓެވެ.



ޓްރެންޑިން