މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުން 2024 ވަނަ އަހަރު ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލެއްވުމާއި ގުޅޭގޮތުން ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕުޓިން މިހާތަނަށް ގޮތެއް ނިންމާފައި ނުވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

2021 ވަނަ އަހަރު ޕުޓިން ވަނީ އޭނާއަށް 6 އަހަރުގެ އިތުރު 2 ދައުރަށް ވާދަކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރައްވާފައެވެ. މި އިސްލާހާއެކު 2036 ވަނަ އަހަރާއި ހަމައަށް ވެރިކަމުގައި ހުންނެވުމަށް ގާނޫނުން ޖާގަ ލިބެއެވެ.

ނަމަވެސް މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމުމުން އިތުރު ދައުރަކަށް ޕުޓިން ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކޮށްފައެއް ނުވެއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ 2024 ވަނަ އަހަރު ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވުމާއި ގުޅޭގޮތުން މިހާތަނަށް ޕުޓިން ގޮތެއް ނުނިންމަވާކަމަށެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ އަދި އެންމެ ނުފޫޒުގަދަ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕުޓިން ރަޝިޔާގެ ސަރުކާރު ހިންގަވަން ފުރަތަމަ ފެއްޓެވީ 1999 ވަނަ އަހަރު ބޮރިސް ޔެލްސިންގެ ރައީސްކަމުގައި ބޮޑުވަޒީރެއްގެ ގޮތުގައެވެ. އަދި އެއަށްފަހު 2000 ވަނަ އަހަރު އެމަނިކުފާނު ރަޝިޔާގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވިއެވެ. އޭގެފަހުން ރަޝިޔާގައި ހިނގަމުންދަނީ އޭނާގެ ވެރިކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން