އަހުމަދު މަސްނޫމް   2 ނޮވެމްބަރު 2022 - 16:14
އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާއާ ދެމެދުގައި މިސައިލް ހަމަލާތަކެއް ބަދަލުކޮށްފިއެވެ.

ހަބަރުތައް ބުނާގޮތުން ދެ ގައުމުން ފޮނުވާލި މިސައިލްތައްވެސް ވެއްޓިފައިވަނީ އަނެއް ޤައުމުގެ ކަނޑުގެ އިޤްތިޞާދީ ސަރަހައްދަށެވެ. މިއީ މިގޮތަށް ދެ ކޮރެޔާއިން މިސައިލް ހަމަލާތަކެއް ބަދަލުކުރި ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހު އުތުރު ކޮރެޔާއިން ފޮނުވާލި މިސައިލް މިސައިލް ދެކުނު ކޮރެޔާގެ ސޮކްޗޯ ސިޓީގެ ދެކުނުން 60 ކިލޯ މީޓަރު ބޭރު ވެއްޓުނުއިރު، އޭގެ 3 ގަޑިއިރުފަހުން ދެކުނު ކޮރެޔާއިން ވަނީ އުތުރު ކޮރެޔާއާ ދިމާލަށް މިސައިލެއް ފޮނުވާލާފައެވެ.

ދެކުނު ކޮރެޔާއިން ފޮނުވާލި މިސައިލްތައްވެސް ވެއްޓިފައިވަނީ ލިމިޓް ލައިނުގެ ގާތްގަނޑަކަށް 60 ކިލޯ މިޓަރު ކައިރިއަށެވެ.

ހަބަރުތައް ބުނާގޮތުން އުތުރު ކޮރެޔާއިން ވަނީ 10 މިސައިލް ފޮނުވާލާފައެވެ.

އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާއިން މިސައިލްތަކެއް ފޮނުވާލާފައިވާއިރު، ތަޖުރިބާކާރުން ބުނާގޮތުން އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން ގެންދަވަނީ ނިއުކްލިއަރ ޓެސްޓަކަށް ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން