އިންޑިއާގައި މުސްލިމުންނަށް އަނިޔާކޮށް މިސްކިތްތަކަށް ގެއްލުންދީ މިސްކިތްތައް ނައްތާލަމުންދާއިރު، އެކުވެރި އަރަބި އިމާރާތް، ޔޫއޭއީގައި ހިންދޫ ދީނުގެ ފައްޅިއެެއް ހުޅުވުމުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ދުބާއީގައި ހެދި އެންމެ ފުރަތަމަ ހިންދޫ ދީނުގެ ފައްޅި، ހިންދޫ ދީނުގެ އަޅުކަންކުރާ މީހުންނަށް ހުޅުވާލީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތަކަށް ފަހުއެވެ. މިރަސްމިއްޔާތުގައި ފައްޅި ހުޅުވައިދެއްވީ، ޔޫއޭއީގެ މިނިސްޓަރ އޮފް ޓޮލަރެންސް އެންޑް ކޯއެގްޒިސްޓެންސް ޝައިޚް ނަހްޔާން ބިން މުބާރަކް އަލް ނަހްޔާން ފައްޅި އިފްތިތާހުކޮށްދެއްވީ ފައްޅީގެ ގްރައުންޑް ފްލޯގައި ހުންނަ މަލްޓި ޕާޕަސް ހޯލުގައި ހިންދޫ ދީނުގެ މީހުން ބޭނުން ކުރާ ހާއްސަ ލެންޓަރނެއްގައި ރޯކޮށްދެއްވައިގެންނެވެ.



ދުބާއީގައި ހެދި އެންމެ ފުރަތަމަ ހިންދޫ ދީނުގެ މި ބޮޑު ފައްޅި ގާއިމުކޮށްފައި ހުރީ ޑުބާއީގެ ޖެބެލް އަލީގައެވެ. އަޅުކަން ކުރާ އަވަށެއްގެ ގޮތުގައި މަޝްހޫރު،، ޑުބާއީގެ ޖެބެލް އަލީގައި، މިހާރުވެސް ހަތް ޗާޗާއި، ގުރޫ ނަނަކް ދަރުބާރާއި ސިކް ގުރޫދްވާރާ ހިމެނޭ ގޮތަށް ދީނީ ނުވަ ޒިޔާރަތެއް ގާއިމުކޮށްފައި ވެއެވެ.



ދުބާއީގައި ހިންދޫ ދީނުގެ މީހުންނަށް ހާއްސަކޮށް ފައްޅިއެއް ހުޅުވުމާއެކު، ޔޫއޭއީއަށް ފާޑުކިޔަމުންދާ ގިނަބަޔަކު ދަނީ އިންޑިއާގައި ހިންދޫ ދީނުގެ މީހުން ނިކުމެ މުސްލިމުންނާއި މިސްކިތްތަކަށް ގޯނާކުރަމުންދާކަން ފާހަގަކުރަމުންނެވެ. އެގޮތުން ރޭގެ ވަގުތެއްގައިވެސް އިންޑިއާގެ ކަރްނަޓަކާގައި ހުރި 500 އަހަރުވީ މިސްކިތަކަށް ހިންދޫ ދީނުގެ މީހުން ވަދެ، އެތަން ހަލާކުކޮށް، މިސްކިތުގެ ހުރުމަތް ކެނޑޭނެ ފަދައިން ހިންދޫން އަޅުކަމުގައި ކިޔާތަކެތި އަޑުހަރުކޮށް މިސްކިތުތެރޭގައި ކިޔަމުން ދިޔަ އެވެ.

މީގެއިތުރުން މި ޚަބަރާއި ގުޅިގެން ބައެއް މީހުން ބިއްސާކޮށްފައިވާ ވިޑިއޯތަކުގެ ތެރޭގައި މުސްލިމު ޒުވާނުން ބަނދެ ހައްދުޖަހައި އެކި ކަހަލަ ރަހުމް ކުޑަ އަނިޔާތައް ދެމުންދާ މަންޒަރުތަކާއި މުސްލިމު މަދަރުސާއަކަށް ވަދެ ގެއްލުންދޭ މަންޒަރުތައް ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ތަކަތުވާ

08-Oct-2022

ޢެމިރޭޓްސް އިން ބަލަނީ އެމީހުންގެ ވިޔަފާރި ކުރިއަރުވާނެ ގޮތްތައް. ޑުބާޢީގައި ދިހަމިލިއަން މީހުންއުޅޭއިރު ގައުމުގެ ރައްޔިތުން އެއްމިލިއަން ވެސް ހަމަނުވޭ.



ޓްރެންޑިން