އެމެރިކާގެ ކެލިފޯނިއާގައި ރަހީނުކުރި އިންޑިއާއަށް ނިސްބަތްވާ 4 މެންބަރުން ހިމެނޭ އާއިލާއެއްގެ ހުރިހާ މެންބަރުން މަރުވެފައި ތިއްބާ ފެނިއްޖެއެވެ.

ހޯމަ ދުވަހުން ފެށިގެން އެ އާއިލާ ގެއްލިގެން ހޯދަމުން ދިޔައިރު، އެމީހުންނަށް ބަޑިން ބިރުދައްކައި ޓްރަކަކަށް ގަދަކަމުން އަރުވައި ރަހީނުކުރިކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. މި އާއިލާގެ މެންބަރުން ހޯދުމުގެ މަސައްކަތް ބުދަ ދުވަހު މިއާއިލާ ފެނިފައިވަނީ މާ މަޝްހޫރުނޫން، ދަނޑުވެރިކަން ކުރާ ސަރަހައްދަކުން ކަމަށް އެމެރިކާގެ ފުލުހުން ބުނެއެވެ. އަދި މިމީހުން ފެނުނީ މަރުވެފައި ތިއްބާކަމަށްވެސް ފުލުހުން ބުނެއެވެ.

މިހަތަރު މީހުންގެ ތެރޭގައި 8 މަހުގެ އަރޫހީ ދޭރީ، އަދި ކުއްޖާގެ މައިންބަފައިން ކަމަށްވާ ޖަސްލީން ކައުރް އާއި ޖަސްދީޕް ސިންގްގެ އިތުރުން، އަރޫހީގެ ބޮޑުބޭބެ އަމަންދީޕް ސިންގް ހިމެނެއެވެ. މިއާއިލާގެ ހަށިގަނޑުތައް ފެނިފައިވަނީ އެއް ސަރަހައްދަކުންނެވެ.

މިމަސައްލައާއި ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާއިރު، މިމީހާ އަކީ މީގެ ކުރިންވެސް އެކި މައްސަލަ ތަކުގައި ޖަލު ހުކުން ތަންފީޒުކޮށްފައިވާ މީހެއްކަމަށް އެމެރިކާގެ ފުލުހުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން