އިންޑިއާއިން އުފައްދާ ކޯފް ސިރަޕެއްގެ ސަބަބުން ކުޑަކުދިންތަކެއް މަރުވެއްޖެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ތުހުމަތުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެޖަމިއްޔާއިން ބުނީ ވިހަ ކެމިކަލްތައް ހިމެނޭގޮތަށް ކޮންޓެމިނޭޓް ވެފައިފާކަމަށް ބެލެވޭ ބޭސްތަކެއް ތަހުގީގު ކުރަމުންދާ ކަމަށާއި، މީގެތެރޭގައި ހިމެނެނީ ގިނައިން ކުޑަކުދިންނަށް ދިނުމަށް ބޭނުންކުރާ ބޭސްތަކެއް ކަމަށެވެ.

އެގޮތުން ޑަބްލިޔުއެޗްއޯއިން ކުރި ސިލްސިލާ ޓްވީޓްތަކެއްގައި އެ އެޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމްއާ ހަވާލާދީ، އެފްރިކާގެ ގައުމެއް ކަމަށްވާ ގޭމްބިއާގައި ފާހަގަކުރެވުނު ތަޣައްޔަރުވެފައިވާ ހަތަރު ބޭހަކަށް ޑަބްލިޔުއެޗްއޯއިން މެޑިކަލް ޕްރޮޑަކްޓް އެލާޓް ނެރެފައިވާކަން ހާމަކޮށްފައިވެއެވެ. އަދި މިބޭސްތައް ބޭނުން ކުރި ގެމްބިއާގެ 66 ކުޑަ ކުއްޖަކު މަރުވެފައިވާކަމަށްވެސް އެޖަމިއްޔާއިން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި ގިނަ ކުދިން މަރުވެފައިވަނީ ކިޑްނީ ފެއިލްވުން ފަދަ ނުރައްކާތެރި ބަލިތައް ތަހައްމަލުކޮށްފައެވެ.

މީގެއިތުރުން ތަހުގީގު ކުރަމުންދާ ބޭސްތަކަކީ އިންޑިއާގެ މެއިޑަން ފާމަސިއުޓިކަލްސް ލިމިޓެޑުން އުފައްދާ ބޭސްތަކެއްކަން އެޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

"މި ހަތަރު ބޭހަކީ އިންޑިއާގެ މެއިޑަން ފާމަސިއުޓިކަލްސް ލިމިޓެޑުން އުފައްދާ ހުން، ރޯގާ އަދި ކެއްސުމަށް ދޭ ޝިރަޕް. ޑަބްލިޔުއެޗްއޯ އިން އަންނަނީ އެ ކުންފުންޏާއި އިންޑިއާގެ ރެގިއުލޭޓަރީ އޮތޯރިޓީތަކާ އެކު އިތުރަށް ތަހުގީގު ކުރަމުން." ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވެފައިވެއެވެ.

މިިކަމާ ގުޅިގެން ތަހުގީގު ނިމެންދެން އިންޑިއާގެ މެއިޑަން ފާމަސިއުޓިކަލްސް ލިމިޓެޑުން އުފައްދާ ކޯފް ޝިރަޕް، އެހެން ގައުމުތަކުގައި ވިއްކުން މަޑުޖައްސައިލަން ސިއްހަތު ޖަމިއްޔާއިން އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޒާ

08-Oct-2022

ތިބޭހުގެ ނަންތަކަކީ ކޮބާތޯ



ޓްރެންޑިން