ދުނިޔޭގެ މަޝްހޫރު ވިޔަފާރިވެރިއާ އަދި ބިލިއަނަރު އީލަން މަސްކް، ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާ ގަތުމާ މެދު އޭނާގެ ވިސްނުން ބަދަލުކޮށް، އަނެއްކާވެސް ޓްވިޓާ ގަތުމަށް އޭނާ ތައްޔާރަށް ހުރި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާ ހިންގާ ކުންފުންޏަށް ފޮނުވި ސިޓީއެއްގައި އީލަން މަސްކް ވަނީ، ކުރިން ޓްވިޓަރ ގަތުމާ ހިޔާލު ތަފާތުވިނަމަވެސް، މީގެ މަސްތަކެއް ކުރިން ޓްވިޓާ ގަތުމަށް ހުށަހެޅި އަގު ދައްކަން އެއްބަސްވެވަޑައިގެންފައެވެ. އީލަން މަސްކް މިފަދަ ނިންމުމެއް ނިންމައިފައިވަނީ، ޓްވިޓަރ ގަތުމާ ބެހޭގޮތުން ހުށައަޅާފައިވާ މައްސަލައިގައި ދެ ފަރާތުން ކޯޓަށް ހާޒިރުވާން ޖެހޭތާ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.



ޓްވިޓަރ ގަތުމާ ބެހޭގޮތުން ހުށައަޅާފައިވާ މައްސަލައިގައި އީލަން މަސްކްގެ މައްޗަށް ދައުވާ އުފުލާފައިވަނީ، މަޖުބޫރުން ޓްވިޓާ ހިންގުމާ ހަވާލުވާން އުޅުމުންނެވެ. އަދި ޓްވިޓަރ ގަތުމަށް ފުރަތަމަ އެއްބަސްވެ، ބޮޑެތި ބަދަލު ތަކެއް ގެނައުމަށް މަޖުބޫރުކުރުމަށްފަހު، ހިޔާލު ތަފާތުވުމުންނެވެ.



ނަމަވެސް، ޓްވިޓާ ގަތުމާ މެދު އޭނާގެ ވިސްނުން ބަދަލުކޮށް، އަނެއްކާވެސް ޓްވިޓާ ގަތުމަށް ތައްޔާރަށް ހުރިކަން ހާމަވާ ސިޓީއެއް އީލަން މަސްކްގެ ފަރާތުން ޓްވިޓާ ހިންގާ ކުންފުންޏަށް ލިބިފައިވާކަން އެކުންފުނިންވެސް ވަނީ ޔަގީންކަން ދީފައެވެ. އެގޮތުން އޭޕްރީލް މަހު ޓްވިޓާގަތުމަށް މަސްކް ވައުދުވި އަގަށް ބަދަލު ނުގެނަސް، ކުންފުނީގެ ހިއްސާއެއް 54.20 ޑޮލަރަށް ޖެހޭވަރަށް، ކުންފުނި ވިއްކާލުމަށް އެދި ހުށައެޅުން ލިބި، އެހުށައެޅުން ގަބޫލުކޮށްފައިވާކަމަށް ޓްވިޓަރ އިން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، އިއްޔެގެ ފަހުގެ ވަގުތެއްގައި އީލަން މަސްކް ކުރި ޓްވީޓެއްގައި، ޓްވިޓާ ކުންފުނި ގަތުމަކީ އޭނާ އުފައްދަން އުޅޭ އެޕް ތައްޔާރުކުރުމުގައި މަސައްކަތް އަވަސްވެގެން ދާނެކަމެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން